ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުން ދިއުމާ ގުޅިގެން މާލޭ ސަރަަހައްދު ފުލް ލޮކްޑައުނަކަށް ދާން ތައްޔާރު ވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ލޮކްޑައުން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެއެވެ. އަދި ކުރިއަށް އޮތް ތިން ދުވަސް ތެރޭ ފުލް ލޮކްޑައުނަކަށް ދާނެ ކަމަށާއި ލޮކްޑައުން ކުރާނީ ދެ ހަފްތާއަށް ކަމަަށް އެފަރާތުން މައުލޫމާތު ދެއެވެ.
އިއްޔެ ވެސް ރާއްޖެއިން 1091 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 9423 ކޭސް އެވެ. މި ބަލިން 26،299 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 250 މީހަކަށެވެ.
މިއީ މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު ފަތިހި ހަތަރެއް ޖަހާ ކަންހާއިރު އެވެ.
ކޮވިޑްގައި ދެވަނަ އަށް ނިޔާވީ ބ. އޭދަފުށީގެ މީހެކެވެ. އެއީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިން ވަނައަަށް މިއަދު މަރުވީ ކ. މާފުށިން 74 އަހަރުގެ ދިވެހި ފިރިހެނަކެވެ.
ކޮވިޑްގައި ރާއްޖެއިން މިހާތަނަށް 87 މީހަކު ވަނީ މަރުވެފައެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ހުހަށް ހުރީ އެންމެ ބެޑެކެވެ. 8 މީހަކު އައިސީޔޫގައި އޮތްއިރު ތިން މީހަކު ވަނީ ވެންޓިލޭޓަރުގައެވެ.


4 Responses
ފާލު ކެނޑިއްޖޭ، ބޮއްސުންލައިފިއޭ ކިޔާނެ ކަމެއް ނެތް. ވޯޓު ލެވިއްޖެ، އެވެރިން ބޭނުންގޮތް ވެއްޖެ. އެކަމުގެ ނަތީޖާ މިފެންނަނީ. ދެން އެކުޅުން ޑްރާމާ ބަލައިފަ ކާފަރު ޖިންނި ހާދަ ހިތްވަރުގަދަޔޭ ކިޔާފަ ހަތްޖަހަމާ ހިނގާ!
ފުލްކޮށް ލޮކްކުރާކަށް ނުފެނޭ
ކޮބާތޯއޭ ދެދުވަސް ނުވަތ ތިންދުވަަަސް މަޑުކުރުމުގެ ބޭނުމަކީ? އަދިވެސް އަވަހީތޯ ރުރަބަންދަށް ދާން????
ކެންފޭން ކުރަން ރަށްރަށަށް ހުޅުވާލުމާ، އިންޑިއާ ކޮވިޑް އެތެރެ ކުރުމުން …. ފުލް ލޮކްޑައުން އަކަށް ދާންޖެހިދާނެކަން ހެލްތް މާހިރިން އެއިރުވެސް ވިދާޅުވަމުން ގެންދެވި. ނަމަވެސް ސިޔާސީ ނިންމުމަކަށް ގެންދިއުމުން މި ހިތިނަތީޖާ މިފެންނަމުން މިދަނީ…. ވަރަށް ހިތާމަހުރި. އެކަމަކު ހުރިހާކަމެއް ރައްޔިތުންގެ ބޮލުގައި…. ރައްޔިތުން ބަސްނާހައިގެން އުޅޭތީއޭ ތިޔަކިޔަނީ…