ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިސްޓުގައި ނަން ހިމަނާފައި އޮތީ ސިޔާސީ ގޮތުން އަގު ވައްޓާލަން: ނާޒިމް

ދަގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ތުހުމަތުކުރާ މީހުންގެ ލިސްޓުގައި ނަން ހިމަނާފައި އޮތީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބޮޑު ޚިޔާނާތާއި ގުޅިގެން އެސެޓްރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި ލިސްޓުގައި ނާޒިމްގެ ނަންވެސް ހިމެނެއެވެ.

ލިސްޓު އާންމު ކުރުމާއި ގުޅިގެން ނާޒިމް ނެރުނު ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ނުވަތަ އެމައްސަލައިގެ ތެރެއިން މާލީ މަންފާ ލިބިފައިވާކަމަށް ތުޙުމަތު ކުރެވޭ ފަރާތެއް ކަމަށް ބަޔާންކުރާ ލިސްޓްގައި އޭނާގެ ނަން ހިމަނާފައި ވަނީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފަށް ކަމަށެވެ.

މިއީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށްޓަކައި ވަކި ބަޔަކު ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށާއި، މިމައްސަލަ އާއި ގުޅިގެން ދަޢުލަތުގެ އެއްވެސް މުއައްސަސާއަކުންވެސް މިއަދާއި ހަމަޔަށްވެސް ސުވާލުކޮށް އެއްވެސް ބާވަތެއްގެ ތަޙްޤީޤެއް ހިންގިފައި ނުވުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

”އަޅުގަނޑަކީ، އެމް.އެމް.ޕީ.އާރް.ސީ މެދުވެެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގައި އެއްވެސް ސިފައެއްގައި އަދި އެއްވެސްއިރެއްގައި ބައިވެރިވެފައިވާ މީހެއްނޫން އަދި އެކަމުން މަންފާލިބުނު މީހެއްވެސް ނޫންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަން އަރުވަން.” ނާޒިމް ވިދާޅުވިއެވެ.

މިމައްސަލަ އާއި ގުޅިގެން ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޖަވާބުދާރީވާން ޖެހިއްޖެ ނަމަ، އެކަމަށް ތައްޔާރަށް ހުރިކަމާއި، އެފަދަ ތަޙްޤީޤަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ނާޒިމް ވަނީ ދެއްވާފައެވެ.

އަދި ހަމައެހެންމެ، އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތާއި ގުޅިގެންވެސް ނުވަތަ އެހެންވެސް ޙައްޤުނޫން މުޢާމަލާތަކާ ގުޅިގެން ވިޔަސް މިއަދާއި ހަމަޔަށް އެފަދަ އެއްވެސް ފައިސާއެއް ނުވަތަ ޙައްޤު ނޫން މަންފާއެއް ބޭނުންކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން ނާޒިމް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: