ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 50 ޕަސެންޓް މުވައްޒަފުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި

ރިސޯޓް މުވައްޒަފަކު ގެސްޓުންނަށް ޚިދުމަތް ދެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 50 އިންސައްތަ މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ގޮތުން “އައިއޭމް ވެކްސިނޭޑެޓް”ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނެރެފައިވާ ޓޫރިޒަމް ތަފާސްހިސާބުތަކުގައި ވާ ގޮތުން މިމަހުގެ 11ގެ ނިޔަލަށް ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 48 އިންސައްތައިގައެވެ. އެހެންކަމުން މިހާރު އެ އަދަދު 50 އިންސައްތައިގައި ހުންނާނެ ކަމަށް މިނިސްޓްރީއާއި ދާއިރާގެ އޮފިޝަލުން ލަފާކުރައްވައެވެ. ޓޫރިޒަމް މިނިސްޓްރީން ވެކްސިން ޖެހި ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ގުނަނީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމަނައިގެނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މީހުން ވަޒީފާ އަދާކުރާ ޓޫރިޒަމް ދާއިރާގައި 44،954 މީހުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި 21،332 މީހުންނަކީ ދިވެހިންނެވެ.

މިހާތަނަށް ރިސޯޓުތަކުގައި މަސައްކަތް ކުރާ 39,440 މުވައްޒަފުންނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ދީފަ އެވެ. އަދި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ 306 މީހަކަށް ވެކްސިން ޖަހާފައިވާއިރު، ސަފާރީ ފަދަ ޓޫރިސްޓުންނަށް ހިދުމަތްދޭ އުޅަނދުފަހަރުގައި މަސައްކަތްކުރާ 220 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އަދި ހޮޓާތަކުގެ 70 މީހުންނާއި ޕާފޯމިން އާޓިސްޓުންގެ ގޮތުގައި މަސައްކަތް ކުރާ 64 މީހުންގެ އިތުރުން 25 ޓްރެވަލް އެޖެންސީ އާއި ޓޫރިޒަމް މިނިސްޓްރީގެ 67 މުވައްޒަފުން ހިމެނޭ ގޮތަށް މި ދާއިރާއަށް ނިސްބަތްވާ 40,192 މުވައްޒަފުންނަށް ވެކްސިން ޖަހާފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ އިންޑިއާއިން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: