ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވުމާ ގުޅިގެން އެމްޓީސީސީގެ ފެރީގެ ހިދުމަތަށް ބަދަލު ގެނެސްފި

އެމްޓީސީސީ ފެރީއެއް—
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅުތެރޭގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީ އިން ދުއްވާ ބައެއް ފެރީ ތަކުގެ ޝެޑިއުލަށް ބަދަލް އަންނާކަމަށް އެކުންފުނިން ބުނެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ކުރިޔަށް އޮތް ފަސް ދުވަހު ކަނޑުގަދަވުމުގެ އިތުރުން ވައި ގަދަ ވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވުމާ ގުޅިގެން އެމްޓީސީސީގެ ހިދުމަތްތަކަށް ބަދަލު އަންނާނެކަމަށް އެކުންފުނިން ވަނީ އަންގާފައެވެ.

އެގޮތުން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދަން ބޭނުންވާ މީހުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނާނެ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރެެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރާގައި ކަނޑުގަދަވެ ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާ އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: