ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކާ ހިލާފުވި 286 މީހަކު ޖޫރިމަނާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އިން ރައްކތެރި ވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފްވި 286 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ރާއްޖޭގައި ކޮންޓްރޯލެއް ނެތި ކޮވިޑް-19 ފެތުރެމުން ދާތީ މާލެއާއި ރާއްޖެތެރޭގެ ރަށްރަށުގައި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް މިވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ހަވީރު ހަތަރަކުން ފަތިހު ހަރަކަށް މާލޭގައިދަނީ ކާފިއު ހިންގަމުންނެވެ.

މި އެޅިފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. ކޮވިޑުން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ނުބަލައި އުސޫލާ ހިލާފްވާ މީހުންނަށް ނަސޭހަތް ދިނުމަށްފަހު ތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރެއެވެ.

އެޗްއީއޯސީން ބުނެފައިވާ ގޮތުގައި މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އުސޫލުތަކާއި ހިލާފުވި 286 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެގޮތުން 103 މީހަކު ޖޫރިމަނާ ކުރީ މާސްކު ނާޅާ ބޭރުގައި އުޅުމުގެ ސަބަބުންނެވެ. ބޭރުގައި އުޅޭއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. މީގެ އިތުރުން ކާފިއު ވަގުތު ބޭރުގައި އުޅުނު 160 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ. މާލެ ސަރަހައްދުގައި ކާފިއު ހިންގަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށެވެ. މި ބާރަ ގަޑިއިރު ޒަރޫރީ ބޭނުމަށް ހުއްދަ ހޯދައިގެން ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. ކާފިއު ވަގުތު ވެހިކަލް ދުއްވައިގެން 23 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ހަލުވި ސްޕީޑުގައި ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅުގައި ފިޔަވަޅުތަކާ ހިލާފުވާ މީހުން 1000 ރުފިޔާއިން ދަނީ ޖޫރިމަނާ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: