ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ ދިވެއްސަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ އެ ހޮސްޕިޓަލްގައި ގާއިމު ކޮށްފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ އުމުރުން 88 އަހަރުގެ ފިރިހެނަކާއި ލ. އުމުރުން 69 އަހަރުގެ އަންހެނެއް ކަމަށެވެ.
މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 106 އަދި 107 ވަނަ މީހާ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހިނގާ މެއި މަހަކީ ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި މަހެވެ. އެގޮތުން މިމަހު 29 މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

