ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ ދުވަހެއް، ކޮވިޑުގައި މިއަދުގެ 6 ވަނަ މަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މިއަދު ހެނދުނު 09:48 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.

މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ބަލީގައި މަރުވި ހަވަނަ މީހާއެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 111 އަށް އަރާފައެވެ.

މިއަދު ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކާއި އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނެއްވެސް މަރުވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނު އައިޖީއެމްއެޗް އީއާރްއަށް ގެނައި އުމުރުން 73 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މަރުވެފައެވެ. އަދި ލ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދެ މީހަކުވެސް ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މަރުވެފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 80%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީ ކަލޭމެން ޙަބަރުލިޔަނީ ދޯ.. މިޔައް ދިވެހިން ކިޔަނީ ބިޑިހަދަނީއޭ……….
    ތަނަކުން އެއްޗެއްފެއްނައިރައް ހެޑްލައިން ޖަހާފަ ފޭސްބުކްގަ ޝެއާރކޮށްލީމަ ނިމުނީދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: