ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ، ފުވައްމުލަކު އަދި ގަމުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި، ވިލިނގިލީގައި ވެސް ކާފިއު ހިންގަނީ

ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު އަދި ލ. ގަމުގައި ކާފިއު ހިންގާ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނިންމުން މި މަހުގެ 26 ގެ ނިޔަލަށް ދަންމާލައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ އާއި ފުވައްމަލުކު ސިޓީ އަދި ލ. ގަމުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް  އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.

އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަަށްވެސް އަންގާފައިވެއެވެ.

އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި މަނާކޮށްފައިވެއެެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ލ. ގަމުގައިވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގއ.ވިލިނގިލީގައި ވެސް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.

ކާފިއު ހިންގުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް ހަފްތާގެ މުއްދަތަކަށެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ވަނީ ވިލިނގިލީގައި މިއަދުން ފެށިގެން ހަވީރު 6 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނިކުތުން މަނާކޮށްފައެވެ.

މީގެ އިތުރުން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުމާއި ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

ހަލުވި ކަމާއެކު ކޮވިޑް-19 މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ފެތުރެމުން ދާތީ އެޗްޕީއޭއިން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރާއްޖޭގައި ކޮވިޑް ބަލިޖެހުނު މީހުންގެ އަދަދު ބައިލައްކާއި މި ވަނީ ގާތްކޮށްފައެވެ. މިވަގުތު މި ބައްޔަށް 18،843 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. 274 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މީގެތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު ހަތަރު މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އަދި މި ބަލީގައި ދުވާލެއްގެ މައްޗަށް ނިޔާވާ މީހުން ރެކޯޑް އަދަދަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން މިމަހު އެކަނި މިހާތަނަށްވަނީ 39 މީހަކު މިބަލީގައި ވަނީ ނިޔާވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: