ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމައެކަނި ހައިރިސްކް މީހުން ކޮންޓެކްޓް ޓްރޭސްކުރާ ގޮތަށް ނިންމައިފި

ފޮޓޯ-އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟
ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވެ އެކްޓިވް ކޭސްތައް އިންތިހާއަށް އިތުރުވެފައިވާތީ ހަމައެކަނި ހައި ރިސްކް މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދާގޮތަށް ހެލްތް ޕޮރްޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ނިންމައިފި އެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިން ޓީމުގެ ފަރާތުން ބައިވެރިވަޑައިގެންނެވި އާމިނަތު އަރޫޝާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އުސޫލަށް ބަދަލު ގެނައީ ހައި ރިސްކް މީހުން އަވަހަށް ދެނެގަނެ އެމީހުންނަށް ބޭނުންވާ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
މި އުސޫލުގެ މަތިން އަމަލުކުރުމަށް ހަމަޖެހިފައިވަނީ މާލެ ސަރަަހައްދުގައި އެކަނި ކަމަށާއި މިބަދަލު ގެންނަން ޖެހުނީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ގިނަ ވަގުތު ހޭދަވާތީ ހައިރިސްކް މީހުންނަށް އެޓެންޑް ކުުމުގައި ލަސްތަކާ ކުރިމަތި ވާތިކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީބައިލައްކަ ފަހަނަ އަޅާފައެވެ. އަދި ރާއްޖޭގައި ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 20،276 އަށް އަރާފައެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 558 ކުއްޖަކާއި، 65 އަހަރުން މަތީގެ 91 މީހުން ހިމެނެއެވެ. އަދި މީގެ ތެރެއިން 280 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ތެރެއިން 16 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު މީގެ ތެރެއިން 8 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 114 މީހުންވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: