ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޕޮޒިޓިވްވި 1،603 މީހުންނާއެކު އެކްޓިވް ކޭސްތައް 21،000 އިން މައްޗަށް!

ފޮޓޯ -އަވަސް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިއަދު އިތުރު 1،603 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ މިވަގުތު ރާއްޖޭގައި ކޮވިޑް ބަލީގައި ފަރުވާހޯދަމުންދާ މީހުންގެ އަދަދު 21،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރުއޮއްސި ހަޔަކާ ހިސާބަށް ޕޮޒިޓިވްވި 1،603 މީހުންގެ ތެރެއިން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވަނީ 1،025 މީހުންނެވެ. އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވެފައިވަނީ 571 މިީހެކެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 7 މީހުންނެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު މިވަނީ 52،405 އަށް އަރާފައެވެ. މިއަދުވެސް ޕޮޒިޓިވް ވި ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވާ މީހުންގެ އަދަދު ކޮންޓްރޯލުން ނެއްޓި އިންތިހާއަށް އިތުރުވެފައިވާއިރު ބަލިޖެހިގެން މިވަގުތު ރާއްޖެއިން ފަރުވާ ހޯދާ މީހުންގެ އަދަދުވެސް މިހާރުވަނީ 21،079 އަށް އަރާފައެވެ. އެގޮތުން މިވަގުތު 286 މީހަކަށް އަންނަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 794 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 31،197 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،320 ސާމްޕަލެއްވަނީ ކޮވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 120 މީހުންވަނީ ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: