ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމާރާތެއްގެ މަތިން މީހާ ވެއްޓުމުގައި އެހެން މީހެއްގެ ދައުރެއްނެތް: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ އިމާރާތެއްގެ މަތިން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ވެއްޓުނު މީހާ ވެއްޓުމުގައި އެހެން މީހެއްގެ ދައުރެއް އޮތްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން، ހާދިސާ ހިންގުމުގެ 10 މިނެޓް އެހާއިރު ކުރިން ހަބުރީގެ އިމާރާތަކަށް އޭނާ އެކަނިގޮސް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ވެއްޓިފައިވަނީ ހަބުރީގެ އިމާރާތުން ޖެހިގެން ހުރި ތިން ބުރީގެ އިމާރާތުގެ ޓެރަސް މައްޗަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ތިރިއަށް ވެއްޓިފައިވަނީ އެ ތިންބުރީގެ އިމާރާތުގެ މަތިންކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

އޭގެއިތުރުން އޭނާ އެ އިމާރާތަށް ވަނުމުގެ ކުރިން ހުޅުމާލެ މަގުތަކުގައި އަޑުގަދަކޮށް އެކަނި ކޮޅުކޮޅަށް ދުވެ އުޅެފައިވާކަން ސީސީޓީވީ ފުޓޭޖުންނާއި މަންޒަރު ދުށް މީހުންގެ ބަހުން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހުޅުމާލޭ، ނިރޮޅުމަގު ހަ ނަންބަރު ގޯޅީގައި ޒަހަމްތަތަކާއެކު ވެއްޓިފައި އޮއްވާ ފެނެފައިވަނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، ހުކުރު ދުވަހުގެ ދަންވަރު 3:00 ގައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: