ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން މަހަށްދާ މީހުންނަށްވެސް ހާއްސަ ހުއްދަ ދޫކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން މާލެ ސިޓީގައި މިހާރު ރައްކާތެރި ވުމުގެ ގޮތުން އަޅާފައިފާ ފިޔަޗަޅު ތަކާއިއެކު، މާލެ ސިޓީން މަހަށް ފުރާ ފަރާތްތަކަށް ހާއްސަ ހުއްދައެއް ދޫކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ގުޅިގެން މާލޭ ސިޓީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި މަހަށް ފުރާ ފަރާރްތަކުން ހުއްދައަށް އެދުމަށް ކޮންމެ ދުވަހެއްގެ ހެދުނު 8:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި ހުއްދަ އަށް އެދުމަށް ސިޓީ ކައުންސިލްގެ ވެބުސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލެއް މެދުވެރިކޮށް މިކަން ކުރެވޭނެ ގޮތް ހަމަޖައްސާފައި ވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރިއެވެ.

މިދިޔަ އަހަރުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތްއިރުވެސް މަސްވެރިކަމުގެ ސިނާއަތް މަޑުނުޖެހި ކުރިޔަށް ދިޔައެވެ. މަސްވެރިކަމުގެ ސިނާއަތަކީ ގިނަ އަދަދެއްގެ ބައެއް އާމްދަނީއާއި ސީދާގޮތުން ގުޅިފައިވާ ސިނާއަތެެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: