ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިހާރު” ނޫހުން ލިޔުނު ރިޕޯޓުގެ މަސްދަރު ހޯދަން އުޅޭތީ މީޑިއާ ކައުންސިލްގެ ކަންބޮޑުވުން

ޝެއާރކޮށްލާ ކަހަލަދޯ؟

ކެނެރީގޭގެ މައުލޫމާތު ހިމަނައި “މިހާރު” ނޫހުން ލިޔުނު ރިޕޯޓްގެ މަސްދަރު ހޯދަން އެމްޑީޕީން މަސައްކަތް ކުރާތީ މީޑިއާ ކައުންސިލުން ކަންބޮޑުވެއްޖެ އެވެ.

“ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި” ކަމަށް ބުނެ މައުލޫމާތުތަކެއް މިހާރުގައި ޝާއިރު ކުރި މައްސަލަ ބަަލަން މަޖިލީހުގެ ސަލާމަތީ ކޮމެޓީން ވެސް މިހާރުވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ނޫހުގައި ލިޔުނު ލިޔުމުގެ މަސްދަރު އެއްވެސް ތަހުގީގެއްގެ ތެރެއިން ހޯދަން އެއްވެސް ވަރަަކަށް މަސައްކަތް ކުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ހާއްސަކޮށް ޕްރެސް ފްރީޑަމްގައި ރާއްޖެ ކުރި އަރަފައި ވަނިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މިންގަނޑުގައި ފަހަތަށް އެޅިގަންދާނެ ފިޔަވަޅެއް ކަމަށެވެ.

“… އެއީ ރާއްޖޭގެ އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރިއެރުމަށް އެޅިގެންދާ ހުރަހެއް ކަމަށް ކަމުގައި ނޫނީ ނުވާނެ އެވެ. އެހެން ކަމުން ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ނޫސްވެރިޔާގެ ކިބައިން ނުވަތަ ނޫހުގެ ކިބައިން މަސްދަރު ހޯދުމަށް ގޮވާލާ ގޮތަށް ފާޅުކުރަމުންދާ ހިޔާލުތައް މި ކައުންސިލުން ކުށްވެރިކޮށް އެކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ.” އެމްއެމްސީގެ ބަޔާނުގައި ވެއެވެ.

އެ މައްސަލައިގައި މީޑިއާ ކައުންސިލްއިން ވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްްރިރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއާ ވެސް ވާހަކަ ދައްކައިފަ އެވެ. ނޫސްވެރިޔާގެ ކިބައިން މަސްދަރު ހޯދަން މަސައްކަތް ނުކުރާނެކަމުގެ ޔަގީންކަން އަސްލަމް ދެއްވާފައިވާ ކަމަށް އެމްއެމްސީއިން ބުނެ އެވެ.

ހަމަ އެހެންމެ ގައުމީ ސަލާމަތާ ގުޅުން ހުރި އެފަދަ ހާއްސަ މައްސަލަތަކުގައި ހަބަރުތައް އާންމުކުރާއިރު ނޫސްވެރިންނާއި މީޑިއާތަކުންވެސް އިތުރަށް ސަމާލުވެ މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދާއި އަދި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑުތަަކަށް ފުރިހަމައަށް ތަބާވުމަށް އެމްއެމްސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: