ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި --- އޭރިއަލް ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށީ ސިޓީގައި މީހަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހައަށް އަނިޔާ ކުރި މައްސަލައިގަ 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެމިހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 29 ވަނަދުވަހުގެރޭ އުމުރުން 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް، ކާރަކަށް އަރުވައިގެން ގެންގޮސް ބޮޑެތި އަނިޔާތަކެއް ކޮށްފައެވެ.

މި ޒުވާނާއަށް ލިބުނު އަނިޔާތަކަށް ފުރަތަމަ ފަރުވާދީފައިވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް ލޭ އަރާފައިވާކަމަށާއި އެނާގެ ހާލު ވަރަށް ސީރިއަސްކަމަށް އެ ހޮސްޕިޓަލުން އޭރު ބުނެފައިވެއެވެ. އިތުރު ފަރުވާއަށް މި ޒުވާނާ މާލެ ގެނައީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: