ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި މަހު އެކަނިވެސް 400އާ ގާތްކުރާ އަދަދަކަށް 1 އަހަރުން ދަށުގެ ކުޑަކުދިން ޕޮޒިޓިވްވި!

ފޮޓޯ- ސީއެންއެމް
ޝެއާރކޮށްލާ ކަހަލަދޯ؟
ނިމިދިޔަ މޭމަހު 400އާ ގާތްކުރާ އަދަދަކަށް 1 އަހަރުން ދަށުގެ ކުޑަކުދިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ހާމަކޮށްފި އެވެ.
އަލަށް އުފަންވާ ތުއްތު ކުދިން ހިމެނޭ ގޮތަށް 1 އަހަރުން ދަށުގެ 381 ކުޑަކުއްޖަކު މެއި މަހު އެކަނިވެސް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 10 އަހަރުން ދަށުގެ 5،131 ކުދިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

މިފަހަރުގެ ކޮވިޑް-19 ގެ ރާޅުގައި ކުޑަކުދިން ވަރަށް ބޮޑަށް ބަލިވަމުން އަންނަ ކަމަށް، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވެސް ވަނީ ވިދާޅުވެފައެވެ. ޑރ. ފައިސަލް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ކުޑަ ކުއްޖަކު ނިޔާވުމާ ގުޅިގެންނެވެ. މިއަދު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ދިޔަ 10 އަހަރުގެ އަންހެން ކުއްޖެއް ވަނީ ނިޔާވެފައެވެ. މި ކުއްޖާ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮންނެވެ. އެކުއްޖާ މަރުވެފައިވަނީ ރޭ 12:10 ހާއިރުއެވެ.

ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚާއްޞަކޮށް؛ ދިފާޢީ ނިޒާމް ދަށް ކުދިންނާއި (ސުޓެރައިޑް ފަދަ ބޭހުން ވިޔަސް ނުވަތަ ކެންސަރު ނޫނީ އުފެދުމުގައި ހުންނަ ކަމަކުން ވިޔަސް) ކިޑްނީ ބަލި، ބަރުދަން މާމަތި އަދި އެދުމަތިވެފައި ތިބޭ ކުދިން ބަލިވަމުން އަންނަ ކަމަށެވެ.

ކޮވިޑް ޖެހުމުން ބޮޑުވަރުވާ މިންވަރުދައްކުރުމަށް ރާއްޖޭގައި ދެމުންއަންނަ ވެކްސިން އަކީ 18 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް ހުއްދަދީފައިވާ ވެކްސިންއެއް ނޫންކަމުން ރާއްޖޭގެ އާބާދީގެ ކުޑަކުދިންނަށް ވެކްސިންގެ ރައްކާތެރިކަން އަދި ލިބިފައެއް ނުވެއެވެ.

އެހެންކަމުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށާއި ވެކްސިންއަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެޗްޕީއޭއިން ބުނީ ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވެ، ކުޑަކުދިންނަށް ރައްކާތެރިކަން އިތުރުވެގެން ދާނެ ގޮތަކީ އެއީ ކަމަށެވެ.

އޭޕްރިލް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ 2000 އާ ގާތްކޮށްފައެވެ. އަދި ފާއިތުވި މެއި މަހުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. އެގޮތުން އެއްދުވަހުގެ ތެރޭގައި މި ބަލީގައި 13 މީހުންވެސް ވަނީ މަރުވެފައެވެ. ބަލި މީހުން އިތުރުވެ ފަރުވާ ދޭނެ ސިއްހީ ހިދުމަތްތެރިންނަށް ބޭނުންޖެހި ރާއްޖޭގައި މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: