ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ރާއްޖެއަށް ދޭ ސިއްހީ އާލާތްތައް ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމަންޓް (ޕީޕީއީ) ހިމެނޭ ގޮތަށް ސިއްހީ ބައެއް އާލާތްތައް ހަދިޔާކޮށްފިއެވެ.

އެމެރިކާ އެމްބަސީން ބުނީ، ދިވެހިރާއްޖެއާއި ދެކުނު އޭޝިއާގެ ފަސް ގައުމެއްގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައިވާ ދަނޑިވަޅުގައި، ރާއްޖޭގެ އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުގެ ރައްޔިތުންނާއިއެކު ސާބިތުވެހުރުމަށް އެމެރިކާގެ ފަރާތުން ނިންމާފައިވާނިންމުމާއި އެއްގޮތަށް އެހީ ފޯރުކޮށްދިނުމަށް ދަނީ ހަރަކާތްތެރިވަމުންކަމަށެވެ.

މިގޮތުން އެމެރިކާގެ ރައްޔިތުން ހަދިޔާކޮށްފައިވާ ރާއްޖެއަށް ބޭނުންވާ އެމަޖެންސީ ސަޕްލައިތަކާއިއެކު އެމެރިކާއިން ފޮނުވި ފްލައިޓް ރާއްޖެ އައުން ފާހަގަކުރުމަށް މިއަދު ބޭއްވުނު އޮންލައިން ވުމެއްގައި އެމެރިކާ އެމްބަސީގެ ޗާޖޭ ޑި އެފެއާރޒް މާޓިން ކެލީއާއި، ޔޫއެސް.އޭ.އައި.ޑީ ގެ މިޝަން ޑައިރެކްޓަރ ރީޑް އެޝްލިމަން ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ ޝާހު އަބްދުﷲ މާހިރުއާއެކު ބައިވެރިވެފައެވެ.

އެގޮތުން އެގައުމުން ރާއްޖެއަށް ވަނީ 124،671 ޑޮލަރުގެ ސިއްހީ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

އޭގެ ތެރޭގައި 184،000 ޕީޕީއީ ސެޓް ހިމެނެއެވެ. ޕީޕީއީ ސެޓްގައި ގްލޯވްސް އާއި އެން-95 މާސްކާއި ޕްރޮޓެކްޓިވް ގޮގުލް ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 60 އޮކްޒިމީޓަރާއި އެއަށް ލައްވާ 12،000 ބެޓެރިވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: