ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއީއޯސީގެ އޮޕަރޭޝަން ތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީ ގެ މެޑިކަލް އިމަޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާ ގޮތަށް ބޮޑު ބަދަލެއް ގެނެސް، އިމަޖެންސީ ހާލަތުގައި ނުވަތަ އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ފަރުވާދިނުން ލަސްވުމުގެ ސަބަބުން އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދު މަރުވުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީއެވެ. ހެލްތު މިނިސްޓްރީން އެ މައްސަލައިގެ ކޭސް ރިވިއު ހެދުމަށްފަހު މިނިސްޓްރީން ވަނީ އެ ރިޕޯޓު އާންމުކޮށްފައެވެ.

އެ ރިޕޯޓުގައި މިނިސްޓްރީން ވަނީ މިޝްކާގެ ހާލަތު ގޯސްވުމުން ބެލެނިވެރިޔާ އެކަން އެންގި ނަމަވެސް، އެމްބިއުލާންސް ނައިސް އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާ ކަމަށާއި އެއީ ސިއްހީ އެމަޖެންސީއެއްގައި އަމަލުކޮށްގެންވާނެ ގޮތެއް ނޫން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އެމްބިއުލާންސް ފޮނުވާފައިވަނީ ބެލެނިވެރިޔާގެ ފަރާތުން ދަރުބާރުގެއަށް މީހަކު ފޮނުވުމުން ކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށްޓަކާ ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުމަށާއި، އިމަޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަން ޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލާންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ، ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ގޮތަށް ވަނީ ބަދަލް ގެނެއްސައެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް ހޯދުމަށް ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެތަނަކުން އެމީހަކު ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށްޓަކައި އެމްބިއުލާންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް އެކަން އެނގުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

އިމަޖެންސީ ހިދުމަތް ވަކި ހިދުމަތެއް ގޮތުގައި ގާއިމުކޮށް، އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑު ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖައްސައި، އެ ހިދުމަތް ފެށުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: