ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓު އިސް ގާޒީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއްނުވި

ފޮޓޯ-ފެށުން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ބެހޭގޮތުން ތަހްގީގްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ނިންމައިފި އެވެ.

ގާޒީ އަބްދުﷲ އަލީއާ ބެހޭގޮތުން ތަހްގީގްކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާކަން ހާމަކޮށް ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލޫކީ މައްސަލަ ތަހްގީގް ކުރުމަށް ނޯޓިސްދީފައިވާ ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލަ، ތަހްގީގްކުރުމަށްފަހު އެމައްސަލަ ސާބިތުނުވާކަމަށް އެ ކޮމިޝަނުން ނިންމާފައިވަނީ މި ނިމުނު މެއި މަހުގެ 31ވަނަ ދުވަހު ކަމަށެވެ.

ސިވިލް ކޯޓުން އިސް ގާޒީ އަބްދުﷲގެ މައްޗަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއްގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް އިސް ގާޒީ އާއި ބެހޭގޮތުން ތަހުގީގު ކޮށްފައިވަނީ ޖޭއެސްސީގެ ގާނޫނުގެ 1-22 ވަނަ މާއްދާގެ (ބ)ގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު 54/2019 ނަންބަރު ޝަކުވާއާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. މި މައްސަލަ ހުށައަޅާފައިވަނީ 2019 ވަނަ އަގަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ﷲ ދެނެވޮޑިގެންނަވާނެ މީނަގެ އަންހެނުން ބުނެގެން މަށަށް، ދިންއަނިޔާ،، މަކަރުވެރިމީހެއް، ﷲ މިފަދަ ނުބައިއިންސާނުންގެ ފަރާތުން އެހެންމީހުން ސަލާަމަށްކުރައްވާށި،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: