ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއިން ފަލަސްތީން ރައްޔިތުންނަށް 50،000 ރުފިޔާ ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހާލުގައި ޖެހިފައިވާ ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކަސްޓަމްސްގެ މުވައްޒަފުންގެ ހެޔޮއެދުންތަކާއެކު 50،000 ރުފިޔާގެ ފައިސާގެ އެހީއެއް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އާއި ހަވާލްކޮށްފިއެވެ.

ދިވެހިރާއްޖެ އޮތީ ފަލަސްތީނާއެކުކަން ހާމަކޮށްދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވަނީ އެކި ހަރަކާތްތައް ކުރިޔަށް ގެންގޮއްސައެވެ. އެގޮތުން ފަލަސްތީންގެ ރައްޔިތުންނަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ފަންޑް ފޮށި ބެހެެއްޓުމުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ކާނާ އާއި އެހެނިހެން ބޭނުންވާނެ އެއްޗެހިވަނީ ދިވެހިންގެ ފަރާތުން ފޯރުކޮށްދީފައެވެ.

ރާއްޖޭގެ އެކި މުވައްސަސާ ތަކާއި އަމިއްލަ ފަރުދުންވެސް ދަނީ ފަލަސްތީނަށް އެހީވުމުގެ ގޮތުން އެހީ ފޯރުކޮށްދެމުންނެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންވަނީ ހާލުގަޖެހިފައެވެ. މި ހަމަލާ ތަކުގެ ސަބަބުން ފަލަސްތީނުގެ އެތައް ކުޑަ ކުދިންނާއި އަންހެނުން މަރުވެ ގިނަ ބަޔަކަށް ހަމަލާ ތަކުގައިވަނީ ބޮޑެތި ޒަހަމް ތަކެއް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: