ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީލް މައްސަލަ ފުލުހަށް ހުށަހަޅަން އަންގައި، މައްސަލަ އަނބުރާ ފޮނުވާލައިފި

ޑިފެންސް މިނިސްޓްރީގެ ނާއިބު ހަސަން ޒަމީލު—
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިފެންސް މިނިސްޓަރުގެ ނާއިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަަލް (ޕީޖީ)ގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުން އެދިފައިވާ މައްސަލައިގައި އެކަން ފުރަތަމަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ޕީޖީން ލަފާ ދީފިއެވެ.

ޕީޖީން ބުނީ ޒަމީލްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނީ އެކަށީގެންވާ ތަހުގީގަކަށް ފަހުގައި ކަމަށާއި ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިގެން ދައުވާ ނުކުރެވޭނެ ކަމަށެވެ.

ޕީޖީން ބުނީ އިމްތިޔާޒް ޤާނޫނުގައި ވެސް އޮންނަނީ މައްސަލައެއް ފުރަތަމަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވުމަށް ކަމަށާއި، އަދި ޕީޖީއަށް އިމްތިޔާޒްގެ މައްސަލައިގައިވެސް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާނީ ފުލުހުން ކަމަށެވެ.

އަދި ތަހުގީގީ އިދާރާއަށް މައްސަަލަ ހުށަހަޅައިގެން ތަހުގީގުކުރާ ގޮތާއި މެދު ހިތްހަމަ ނުޖެހޭނަމަ އެކަންވެސް ޕީޖީއަށް އެންގުމަށް ލަފާދީފައިވާނޭކަމަށް ވެސް ބުނެއެވެ.

ޒަމީލަށް ދައުވާކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީއަށް ހާޒިރުވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެކިއެކި އޮފިސަރުންނަށް އެ އިދާރާއިން އަންގާފައިވަނިކޮށް، ސިފައިންގެ ފަރާތުން ޖަވާބުދާރީ ވާނީ ގައުމީ ދިފާއީބާރުން ކަމަށް އަންގައި އޭނާ ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން ސިޓީ ފޮނުވުމުންނެވެ.

އެ މައްސަލައިގައި މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ޕީޖީ އޮފީހުގައި އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: