ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 20ގައި ބާއްވަން ތާވަލް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުން އޮންނާނެއެވެ. އަދި ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އިންތިހާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުންވެސް މި ޖަލްސާގައި އޮންނާނެއެވެ. މީގެ އިތުރުން ކުރިޔަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓުން އައްޔަން ކުރުމާއި ފައިނޭންޝަލް ސްޓޭޓްމެންޓް ތައްޔާރުކުރުން އޮންނާނެއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިންހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުންވަނީ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފަ އެވެ.

މި ޖަލްސާ އޮންނާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީއެމްޑީއޭގެފަހި ވޯޓުމެދުވެރިކޮށެވެ. މިޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ އޭޕްރިލް މަހުގެ 19 ގެކުރިންއެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިންރެޖިސްޓްރީވާން ޖެހޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: