ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގެ ގޭސް ހޮޅީގެ ނެޓްވޯކް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ

ފޮޓޯ-ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިފާ ހިޔާ ފްލެޓްތަކުގެ ކައްކާ ގޭސް ފޯރުކޮށްދިނުމަށް އަޅާ ގޭސް ހޮޅީގެ ނެޓްވޯރކް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

މިމަސައްކަތްކުރާ މޯލްޑިވްސް ގޭސްއިން ބުނީ 25 ބުރީގެ ހިޔާ ފްލެޓުތަކަށް ގޭސް ހޮޅި އަޅާނެ ގޮތުގެ ކޮންސެޕްޓް ޑިޒައިން އަދި ކޮންސަލްޓެންސީ އަށް ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ގަވައިދުތަަކާ އެއްގޮތަށް ހިޔާ ފްލެޓުތަކަށް އެލްޕީޖީ ގޭސް ޕައިޕް ނެޓްވޯކު އެޅުމަށް ބޭނުންވާ ފުރަތަމަ ސްޓޭޖުގެ މަސައްކަތަށް ޑިޒައިން ކޮށް ކޮންސަލްޓެންސީ މަސައްކަތްކުރާ ފާމް ތަކަށް ހުޅުވާލާފައިވާކަމަށް މޯލްޑިވްސް ގޭސްއިން ވަނީ ބުނެފައެވެ.

ހިޔާ ހައުސިންގ ޔުނިޓްތަކަށް ކައްކާ ގޭސް ގުޅާނީ ގޭސް ވިއުގައަކުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވަނީ ބުނެފައެވެ.

މޯލްޑިވް ގޭސް އިން ބުނީ ހިޔާ ފްލެޓުތަކުގެ ޓައިޕް އޭ އަދި ޓައިޕް ބީ ޓަވަރުތަކަށް ގޭސް ހޮޅި އެޅުމަށް ކޮންމެ ޓައިޕަކަށް ވަކިވަކިން ޑީޓެއިލްޑް ސްޕެސިފިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ޓައިޕް ބީ ގެ 6 ޓަވަރުގައި 2880 އެޕާޓްމެންޓު ހުރެއެވެ. އަދި ޓައިޕް އޭ ގެ 10 ޓަވަރުގައި 3840 އެޕާޓްމެންޓު ހުރެއެވެ.

މި މަސައްކަތް ކުރަން ބޭނުންވާ ބޭރުގެ ކުންފުނިތަކުން މި މަހުގެ 19ގެ ކުރިން ބިޑް ޑޮކިޔުމެންޓު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ.

ގޭސް ވިއުގައެއް މެދުވެރިކޮށް ކުރާ މި މަސައްކަތަކީ ރާއްޖޭގައި މިގޮތަށް ގޭސް ވިއުގައެއް އަޅަންކުރާ ފުރަތަމް މަސައްކަތެވެ. ގޭސް ވިއުގައެއް މެދުވެރިކޮށް ގޭސް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ ހިޔާ ފްލެޓްތައް އުސްވުމުން ގޭސްފުޅި އުފލުމުގެ މަސައްކަތަށް ލުއި ގެނެސްދިނުމުގެ ގޮތުންނެވެ. ރާއްޖޭގައި ހިންގޭ ބޯހިޔާ ވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ހިޔާ ފްލެޓްތަކުގެ މިހާރު ކުރިޔަށް ދަނީ ފިނިޝިންގެ މަސައްކަތެވެ. އަދި މިހާރު ފްލެތް ލިބުން މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް ގުރުވަތުލުން ވެސް ވަނީ ފެށިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: