ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްކުރި ހިޔާގެ ދެ އެޕާޓްމެންޓު ހުސްކުރަން އެންގުމުން ކޯޓަށް

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގެ ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އެއް އެޕާޓްމަންޓަކަށް ބަދަލުކުރި މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ، ހިޔާ ފްލެޓުގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލައިގައި އެއްބަސްވުން ބާތިލުކުރުމުން އެ އެންގުން ހުއްޓުވައިދޭން އެދި ވެރިފަރާތުން ކޯޓަށް ހުށަހަޅައިފި އެވެ.

ހިޔާގެ ދެ އެޕާޓްމަންޓު އެއްކޮށްލައިގެން ހަދާފައިވާކަމަށް ރިޕޯޓެއް ލިބި އާބަންކޯއިން އެ މައުލޫމާތު މީޑިއާއާއި ހިއްސާ ކުރީ މޭއި މަހުގެ ކުރީކޮޅު އެވެ. މައްސަލަ އެ ކޯޕަރޭޝަނުން ބަލަން ފެށީ ހިޔާ ފްލެޓުގެ އިމާރާތުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އެކުލަވާލި އުސޫލުތަކާއި ހިލާފަށް މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ތަން ބަދަލުކޮށްފައިވާކަމަށް ލިބުނު ޝަކުވާއަށް ފަހު އެވެ. އެހެންވެ މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދައްކައި 10 ދުވަހުގެ ތެރޭގައި ފްލެޓު ކުރިން ކުރި ގޮތަށް އިޔާދަ ކުރުމަށް އެންގީ މޭއި 05 ގަ އެވެ.

ދިން މުއްދަތުގައި އެންގުމާއި އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، އިންޒާރުގައި ވާގޮތަށް އާބަންކޯއިން ފްލެޓުގެ އެއްބަސްވުން ބާތިލު ކުރި އެވެ. އަދި ފްލެޓު ހުސް ކުރުމަށް އެންގުމުން، އެ ދެ އެޕާޓްމަންޓުގެ ވެރިން ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި ވަގުތީ އަމުރަކަށް އެދިފަ އެވެ. މައްސަލަ ކޯޓުން ބަލައިގަނެފައިވާއިރު، އަޑުއެހުމެއް މި ހަފްތާގައި ތާވަލު ކުރާނެކަމަށް ބެލެވެ އެވެ.

އާބަންކޯގެ ހުއްދައާއި ނުލައި، ހިޔާ ފްލެޓުތަކުގެ ސްޓްރަކްޗާއަށް ބަދަލުތައް ގެންނަ މީހުންނާއި މެދު ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް ހާމަކޮށްފައި ވެއެވެ. އެގޮތުން ކުންފުނިން ވަނީ ބައެއް މީހުން ހިޔާގެ ފްލެޓުތަކަށް ބަދަލު ގެންނަމުންދާކަން ފާހަގަކުރެވިފައިވާއިރު، އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބައެއް މީހުން ފްލެޓުތަކުގެ ފާރުތަޅާލައި، ގެންނަ ބަދަލުތައް ފެންނަ ފޮޓޯތައް މީހުން ފޭސް ދޭއްއަށް ބަދަލުވަމުން ދިޔަ ދުވަސްވަރު ވަރަށް އާމުވި އެވެ.

އެގޮތުން ބެލްކަނީ އިތުރަށް ފުޅާ ކުރުމާއި، އެތެރެ ފާރަށް ބަދަލު ގެނެސް އެއް ކޮޓަރި އަނެއް ކޮޓަރިއާއި ގުޅުވާލުން ހިމެނެ އެވެ. އެކަމަކު ދެ އެޕާޓްމެންޓެއް އެއް އެޕާޓްމަންޓަކަށް ބަދަލުކުރިކަމަށް ފެންމަތިވި މިއީ ފުރަތަމަ މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: