ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރު ތަޅާލައި، ހިޔާގެ ދެ އެއާޕާޓްމަންޓު އެއްކޮށްލުމުން ޖުމްލަ ދެ ލައްކަ ރުފިޔާގެ ޖުރިމަނާއެއް

ހުޅުމާލޭގެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓްތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓު އެއްކޮލި މައްސަލައެއް ފެންމަތިވެ، އެއްލައްކަ ރުފިޔާއިން ޖުރިމަނާކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އާބަންކޯއިން މިއަދު ބުނީ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާއިގުޅިގެން، މައްސަލަ ބަލާފައިވާ ކަމަށެވެ.

އާބަންކޯއިން ބުނީ އިމާރާތުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އެކުލަވާލި އުސޫލުތަކާއި ހިލާފަށް ދެ ފްލެޓު ވެސް ލިބިފައިވާ މީހުން މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައިވާކަމަށެވެ. އެހެންވެ މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާޓްމަންޓެއް، 100،000 ރުފިޔާއިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައިވާކަމަށް މައުލޫމާތު ދިނެވެ. އެހެންކަމުން، އެ މީހުން ޖުމްލަ ދެ ލައްކަ ރުފިޔާ ޖުރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ، އަޅާނެ ފިޔަވަޅެއްގެ މައުލޫމާތު އާބަންކޯއިން ހިއްސާކޮށްފައި ނުވެ އެވެ.

އާބަންކޯގެ ހުއްދައާއި ނުލައި، ހިޔާ ފްލެޓުތަކުގެ ސްޓްރަކްޗާއަށް ބަދަލުތައް ގެންނަ މީހުންނާއި މެދު ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް ހާމަކޮށްފައި ވެއެވެ. އެގޮތުން ކުންފުނިން ވަނީ ބައެއް މީހުން ހިޔާގެ ފްލެޓުތަކަށް ބަދަލު ގެންނަމުންދާކަން ފާހަގަކުރެވިފައިވާއިރު، އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބައެއް މީހުން ފްލެޓުތަކުގެ ފާރުތަޅާލައި، ގެންނަ ބަދަލުތައް ފެންނަ ފޮޓޯތައް މީހުން ފޭސް ދޭއްއަށް ބަދަލުވަމުން ދިޔަ ދުވަސްވަރު ވަރަށް އާމުވި އެވެ.

އެގޮތުން ބްލްކަނީ އިތުރަށް ފުޅާ ކުރުމާއި، އެތެރެ ފާރަށް ބަދަލު ގެނެސް އެއް ކޮޓަރި އަނެއް ކޮޓަރިއާއި ގުޅުވާލުން ހިމެނެ އެވެ. އެކަމަކު ދެ އެޕާޓްމެންޓެއް އެއް އެޕާޓްމަންޓަކަށް ބަދަލުކުރިކަމަށް ފެންމަތިވި މިއީ ފުރަތަމަ މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: