ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގެ ރައްޔިތުންގެ ޝަކުވާތަކަށް “ރިއެކްޓު” ނުކޮށް ވޯޓު ހޯދަން ނަޝީދު ހިޔާ ފްލެޓަށް ދިއުމުން ފާޑުކިޔުން!

ރައީސް ނަޝީދު ހިޔާ ފްލެޓަށް ވަޑައިގަތުމުން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލި/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިއެކްޓްނުކޮށް ކެމްޕޭނަށް ހިޔާ ސަރަހައްދަށް ވަޑައިގަތުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އާއްމުންގެ ޖަމިއްޔާ (ކޮތަރު ކޮށި) އިން ބުނެފި އެވެ.

ހިޔާ ފްލެޓުތަކަކީ ކޮތަރު ކޮށީގެ ގޮތުގައި ސިފަކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވި ރައީސް ނަޝީދު މިއަދު އެ ސަރަހައްދަށް ވަޑައިގަތުމާއި އެކު ގިނަ އާއްމުން އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލި އެވެ. ރިޔާސީ ކެމްޕެއިނަށް ރައީސް ނަޝީދު، ހިޔާއަށް ވަޑައިގަތުމުގެ ކުރިން ހިޔާގެ ރައްޔިތުންނާއި ގުޅުން ހުރި ގިނަ ގަރާރުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވެއެވެ. އަދި ބައެއް ޕެޓިޝަންތަކާއި އެކު ހިޔާ ރައްޔިތުން ރައީސް ނަޝީދާއި ބައްދަލުކޮށް ކުލި ކުޑަކޮށްދެން އެދިފައި ވެއެވެ. ނަމަވެސް އޭރު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެކަމުގައި ހޯދައިދެވޭނެ ހައްލެއް ނެތް ކަމަށެވެ.

ހިޔާ ރައްޔިތުން ދިރިއުޅޭ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން، ބައެއް އާއްމުން އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލި އެވެ. ސަންގު ޓީވީ އާއި ވާހަކަ ދައްކަވަމުން އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވިދާޅުވީ ހިޔާގެ ޝަކުވާތަކާއި އެކު އެންމެ ގިނައިން ދެވުނު އެއް ބޭފުޅަކަށް ރައީސް ނަޝީދު ވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެ ޝަކުވާތަކަށް ރިއެކްޓެއް ނުކުރެއްވިކަމަށް މިދުއަމް ވިދާޅުވި އެވެ.

ރޭ އެ މައުލޫމާތުތައް ލިބުމާއި އެކު އާއްމުންގެ ޝަކުވާތައް ގިނަވެގެން ދިޔަކަމަށާއި އޭގެ ސަބަބު އޮޅިފައި ނުވާނެކަން މިދުއަމް ފާހަގަކުރި އެވެ. ހާއްސަކޮށް ހިޔާއަށް ކޮތަރު ކޮށީގެ ނަމުން ނަން ދިން އެއްބޭފުޅަކީ ވެސް ރައީސް ނަޝީދުކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ހިޔާއަކީ އަލިފާން ފޮށި ނުވަތަ ކުލަ ފޮށީގެ ގޮތުގައި ނަން ދީ މުހާތަބު ކުރުމުގައި އިސްރޯލެއް ރައީސް ނަޝީދު އަދާކުރިކަމަށް ބުންޏެވެ.

މައްސަލައިގައި އާއްމުންގެ ޖަމިއްޔާއިން މިއަދު ބުނީ، ހިޔާ ސަރަހައްދަށް ގޮސް ކެމްޕެއިން ކުރުމަކީ ކޮންމެ ސިޔާސީ ވެރިއަކަށް ލިބިގެންވާ ހައްގެއްކަމަށެވެ. ނަމަވެސް އެ ހައްގާއި އެކު، އެބޭފުޅުންތައް ހިޔާ ރައްޔިތުންނާއި މެދު ދެކުނު ގޮތް ހަނދާނަށް ގެނައުން މުހިންމުކަން ފާހަގަކުރި އެވެ.

ހިޔާ ފެލެޓުތައް އެޅުމަށް ނެގި ލޯނުތައް އެއީ ދަރަނީގެ ދަންތުރުތަކެއްގެ ގޮތުގައި ސިފަކޮށް ރައީސް ނަޝީދު ދައްކަވާފައި ވާ ވާހަކަތަކާއި ގުޅޭގޮތުން އާއްމުންގެ ޖަމިއްޔާއިން ބުނެފައި ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމައި ފްލެޓުތައް ހަވާލު ކުރުމަށް ހަވާލު ކުރުމަށް ރައްޔިތުން އާދޭސް ކުރުމުން ވެސް ރައީސް ނަޝީދު އެކަމަށް ދެއްކީ ބީރު ކަންފަތެއް ކަމަށެވެ. އަދި އެމަނިކުފާނު އެކަމަށް ހުރަސް ވެސް އެޅިކަމަށާއި، ފިނިޝިންގެ ފައިސާ ނަގައިގެން އެތައް ކުންފުންޏެއް ފިލި މައްސަލައިގެ ޝަކުވާތަކަށް ވެސް ހޯދުނު ހައްލެއް ނެތް ކަމަށެވެ.

އެގޮތުން ހިޔާ ފެލްޓުތަކާއި ގުޅޭގޮތުން ރައީސް ނަޝީދު އިތުރުފުޅުތައް ހައްދަވައި، 2020 ފެށިގެން ތަނުގެ ކުލި 11،000 އަށް އަރާނެކަމަށް ބުނެ ސަރުކާރުން ކުރި މަސައްކަތްތަކަށް ހިތްވަރު ދިނީ ރައީސް ނަޝީދުކަމަށް އާއްމުންގެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އޭރު ޖަމިއްޔާއިން ކުރި މަސައްކަތްތަކުގައި ރައީސް ނަޝީދުގެ އެހީ ލިބޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް، ސަރުކާރުގެ އަމަލުތަކަށް ރައީސް ނަޝީދު ފަދަ ބޭފުޅުން ދިޔައީ ހިތްވަރު ދީ ރައްޔިތުންގެ ގޮވާލުންތަކަށް ދެކޮޅު ހަދަމުންކަމަށް ވެސް ފާހަގަކުރި އެވެ.

މީގެއިތުރުން ސަރުކާރުން ރައްޔިތުންނާއި ފްލެޓުތައް ހަވާލުނުކޮށް ތަފާތު އެކި ބަހާނަތަށް ދައްކައި ދެ އަހަރު ލަސް ކުރިއިރު ރައީސް ނަޝީދު ކޮބައިތޯ އާއްމުންގެ ޖަމިއްޔާއިން ސުވާލު އުފެއްދި އެވެ.

އާއްމުންގެ ޖަމިއްޔާއިން ބުނެފައި ވަނީ، ރައީސް ނަޝީދުގެ އަރިހު އާއްމުން ރޮއެ އާދޭސް ކުރިއިރު ވެސް ރައީސް ނަޝީދު އެއްވެސް “ރިއެކްޓެއް” ނުކުރައްވާ ކަމަށެވެ.

މީގެއިތުރުން ކުއްޔާއި ގުޅޭގޮތުން މަޖިލީހަށް ވައްދާ މައްސަލަތަކާއި ދެކޮޅަށް ރައީސް ނަޝީދު ވާހަކަ ދައްކާކަމަށް ޖަމިއްޔާއިން ބުންޏެވެ. އަދި ބާރު އޮތް ނަމަ، ހިޔާ ފްލެޓުތައް ތަޅާލީސްކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވީ އިރު ރައީސް ނަޝީދު ހުންނެވީ އެކަމަށް ހިތްވަރު ދެއްވުމަށްކަމަށް ވެސް ޖަމިއްޔާއިން ބުންޏެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް މީގެ ކުރިން ވިދާޅުވީ ހިޔާއަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫންކަމަށާއި އެތަން ލިބޭ ބަޔަކު ވެސް ދޫކުރާނެކަމުގެ ވާހަކަތައްކަމަށް ޖަމިއްޔާއިން ބުންޏެވެ.

މީގެ ކުރިން ރައީސް ސޯލިހު ވެސް ޖަލްސާއަކަށް ހިޔާއަށް ވަޑައިގަތުމުން އާއްމުން އެކަމާއި ދެކޮޅަށް އަޑުއުފުލި އެވެ. އަދި އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް ހިޔާއަށް ދާން އިއުލާނު ކުރުމުން، ހިޔާއާއި ދެކޮޅަށް ވާހަކަ ދެއްކި އެއްވެސް ބޭފުޅަކަށް އެ ފުރުސަތެއް ނުދޭނެކަމަށް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: