ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތުގައި މަސްތުވާތަކެތި ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހިފަހައްޓާ، އެ މީހާ ފުލުހުންނާ ހަވާލު ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، މިސްކިތުގެ ފާހާނާގައި މަސްތުވާން އުޅުނު ކަމަށް ބުނާ މީހާ، އާންމުންގެ ބަޔަކު ވަނީ އެތަނުން ނެރެ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޕެކެޓްތަކަކާއެކު 24 އަހަރުގެ މީހަކު ރޭގެ ވަގުތެއްގައި މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މި ފަހަކަށް އައިސް މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ރައްކާ ކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: