ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯވި ލޯންްޗުތަކުގެ ތެރޭގައި ހުއްޓުވި ލޯންޗު ނުހިމެނޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވިއިރު، އެ ލޯންޗުތަކުގެ ތެރޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން ރޭގެ ހަ ދުވަސް ކުރިން ހަމަލާގެ ބައެއް ބައިވެރިން ތިބި ލޯންޗެއް ކަނޑުމަތިން ހުއްޓުވި ކަމަށް ވާހަކަ ދެކެވުނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ހުއްޓުވި ލޯންޗުގައި ތިބީ ހަތަރު މީހުން ކަމަށާއި އަދި އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައި ނުވާއިރު އެ ލޯންޗު ދޫނިދޫއަށް ގޮސްފައި ވެސް ނުވާ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ރޯވި ލޯންޗުތަކުގެ ތެރޭގައި އަދުހަމް އާއި ތަހުމީން ދަތުރުކުރި ލޯންޗު ހިމެނޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަދައްކަމުންނެވެ.

އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާން ރޯވި ލޯންޗުތަކުގެ ތެރޭގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު ފުލުހުން ހުޅުމާލެ ފަޅުތެރިން ހުއްޓުވި ލޯންޗު ނުހިމެނޭ ކަމަށެވެ.

އެ ލޯންޗުތައް ގޮވަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: