ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފް މައްސަލައިގައި ގޮތެއް ނުނިންމަން، އެދުނީ ބައެއް ލިޔެކިއުންތައް ހަމަ ކުރަން: ޕީޖީ

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރެެއްގެ ގޮތުގައި ހުންނަވަނިކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި ނެންގެވިކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވާ މައްސަލަ އަނބުރާ ފޮނުވާލާފައި ނުވާނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށްދާއިރު އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުގެ ލިސްޓުގެ ތެރޭގައި މަހުލޫފްގެ ނަން ހިމެނެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މަހުލޫފްއަށް ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ލިބިފައި ވެއެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އޭނާއަށް ދިން ފައިސާކަމަށް އޭސީސީން ބުނެ އެވެ. އަދި އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށްފަހު މަހުލޫފް މާލެ އައިސްފައިވަނީ ސީދާ ވޯޓަށްކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ އެ މުއާމަލާތް ކުރުމުގައި މަހުލޫފާއި އަދީބާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތައް ތަހުގީގަށް ހޯދާފައިވާކަމަށެވެ. އެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވީ މި މަހުގެ 09 ގައެވެ. ރަސްމީ މަގާމެއްގައި ހުންނަވައިގެން ތަހުގީގީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ކުށުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރަން ވެސް އެ އިދާރާއިން ހުށަހެޅި އެވެ.

ރޭގެ ވަގުތެއްގައި ބައެއް މީޑިއާތަކުން ވަނީ މަހުލޫފްގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ނިންމައި ޕީޖީން މައްްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށް ރިޕޯޓުކޮށްފައެވެ. އެ ވާހަކަތައް ދޮގުކޮށް ޕީޖީގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާރ އަހުމަދު ޝަފީއު ”ސަންގު“ އަށް ވިދާޅުވީ މައްސަލައިގައި މިވަގުތު ކުރިއަށް ގެންދަނީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ކަމަށެވެ. މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް ޝަފީއު ވިދާޅުވީ މައްސަލަ އަދިވެސް އޮތީ ޕީޖީގައި ކަމަށެވެ. އެހެން ނަމަވެސް ބޭނުންވާ ބައެއް ލިޔެކިއުންތައް ފުރިހަމަ ކުރުމާއިއެކު ބައެއްކަންކަން ސާފުކޮށްދޭން އެދި ހުށަހަޅާފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މައްސަލަ އިތުރަށް ސާފުކޮށްދޭން އެދި ފޮނުވި މިއީ ދެވަނަ ފަހަރު ކަމަށެވެ. އެހެންކަމުން އޭސީސީން ބޭނުންވާ އިތުރު ލިޔެކިއުންތަކެއް ލިބުމާއި އެކު މައްސަލައިގައި ވީހާވެސް އަވަހަށް ގޮތެއް ނިންމާނެކަމަށް ޝަފީއު ވިދާޅުވި އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓެއް 2019 ގައި އޭސީސީން އާއްމު ކުރި އެވެ. އެ ލިސްޓުގައި ނަން ހިމެނި، ”ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން“ ސިޔާސަތުގެ ދަށުން މަހުލޫފް 14 ފެބްރުއަރީ 14، 2019 ގައި ސަސްޕެންޑު ކުރި އެވެ. އެހެން ކަމުން ހިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ ނަން ހިމެނި އޭނާ ސަސްޕެންޑޫ ކުރި މިއީ ދެވަނަ ފަހަރެވެ.

މި މައްސަލައިގައި މަހުލޫފް ބުނީ، އެސްއޯއެފާއި އެކު އޭނާ ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށެވެ. ދައުވާ ކުރަން ފޮނުވާފައިވާތީ ހިތްހަމަ ނުޖެހުން ފާޅުކޮށް މަހުލޫފް ބުނީ އޭނާއަކީ ”ކަތިލާ ކަންބަޅިއަކަށް“ ހަދާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: