ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިދޫގައި ކުޑަކުއްޖަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

ކ. ކާށިދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ކާށިދޫގާ މާރާމާރީއެއް ހިންގައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ މަގުމަތިން ދިޔަ ފިރިހެން ކުއްޖެއް ގައިގާ ޖަހައިގެން ނެވެ.

ފުލުހުން ބުނީ މި މައްސަލަ މިއަދު ހަވީރު 4:15 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަގައި އަނިޔާ ލިބުނު ފިރިހެން ކުއްޖާ އެ ރަށުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދީފައިވާ އިރު، އެކުއްޖާއަށް ސީރިއަސް އަނީޔާއެއް ނުވާކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

މި މައްސަލައިގައި އަނިޔާވި ފިިރިހެން ކުއްޖާގެ އުމުރެއް އަދި މާރާމާރި ހިންގި ކަމުގެ ތުހުމަތު އޮތީ ކޮން ބަޔަކަށް ކަންވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: