ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ މީހާގެ ވަނަވަރު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މާލޭން މީހަކު ހައްޔަރު ކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފަސް ވަނަ މީހާގެ ވަނަވަރު އާންމު ކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ފުލުހުން މީގެ ކުރިން ހާމަކޮށްފައި ވަނީ ހަތަރު މީހެއްގެ މައުލޫމާތެވެ.

ފުލުހުން މިއަދު ފަސް ވަނަ މީހެއްގެ މައުލޫމާތު ހާމަކޮށް ބުނީ އެއީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ކަމަށެވެ. އެއީ 27 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ. މިދިޔަ އާދީއްތަ ދުވަހު އޭނާގެ ބަންދަށް ވަނީ އިތުރު 15 ދުވަސް ކޯޓުން ދީފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދްގެ ބަންދަށް އިތުރު 30 ދުވަސް ޖޫން 22 ވަނަ ދުވަހު ކޯޓުން ދީފައިވާކަމަށެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: