ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަރުކަށި ފިކުރުގެ މީހުންނަށް ބަޔަކު ދިނީ 3 މިލިއަންގެ “ޓާސްކެއް”!

އައްޑޫ ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ރުފިޔާގެ ޓާސްކެއް ދީފައިވާ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ރައީސް ނަޝީދަށް ދިންކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހަވާލާދީ އެމްޑީޕީގެ “މޭއި 06 ކޮމިޓީން” ބުނެފިއެވެެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރީ މިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހު އެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ބޮޑެތި ޒަހަމްތަކެއް ލިބުނުއިރު އެމަނިކުފާނު ގެންދަަވަނީ އޭޑީކޭގައި ކުރެއްވި ސާޖަރީތަކަށްފަހު ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އަދި އެ ގައުމުގައި ވެސް ރައީސް ނަޝީދުގެ ސާޖަރީތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެމްޑީޕީގެ “މޭއި 06 ކޮމިޓީ” އަކީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭހެން އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީއެކެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހު ކޮމިޓީން ގައުމީ މަޖިލީހަށް، ކޮމިޓީގެ ހޯދުންތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރެ އެވެ.

މައްސަލައިގައި މޭއި 06 ކޮމިޓީން ވަނީ އިލްޔާސްއާއި ވެސް ބައްދަލުކޮށްފަ އެވެ. އަދި އެކަމުގެ މައުލޫމާތުތައް މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، އިލްޔާސާއި ބައްދަލު ކުރީ ހަމަލާއާއި ގުޅޭ ކިރިޔާވެސް މައުލޫމާތުތަކެއް އޭނާއަށް އެނގިފައިވާތީ ކަމަށެވެ. އެހެންވެ އެކަން އިތުރަށް ސާފު ކުރަން ކޮމިޓީން ބޭނުންވީކަމަށް އަފީފް ވިދާޅުވި އެވެ.

އިލްޔާސްއާއި ހަވާލާދީ އަފީފް ވިދާޅުވީ އޭނާއަށް އެ މައުލޫމާތު ލިބުނު ތާރީހެއްކަމަށް ބުނީ މޭއި މަހުގެ 03 ވަނަ ދުވަސް ކަމަށެވެ. ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލީ އޭގެ ތިން ދުވަސް ފަހުންނެވެ.

އެގޮތުން އިލްޔާސްގެ ރައްޓެއްސެއް އޭނާއާއި ބައްދަލު ކުރުމަށް އެދުމުން، ފޯނުން ގުޅައި ސުވާލު ކުރުމުން އޭނާ ބޭނުންވަނީ އެއީ ވަރަށް މުހިންމު އަދި “އާޖެންޓު” ކަމަކަށްވީތީ ވީހާވެސް އަވަހަށް ބައްދަލު ކުރުމަށްކަމަށް ބުނި ކަމަށެވެ. އެހެންވެ އެރޭ ރޭގަނޑު 11:30 ގައި އޭނާއާއި ބައްދަލުކުރުމުން ރައީސް ނަޝީދު އަވަހާރަށްކޮށްލުމަށް ބަޔަކު ރާވަމުންދާކަމަށް ބުނި ކަމަށެވެ.

“އަދި އެރޭ ބައްދަލުކުރުމަށް އެދިވަޑައިގެންނެވިކަމާއި، އަދި އެއީ ވަރަށް މުހިންމު އާޖެންޓުކަމެއްގައި ކަމަށް ބުނުމުން އެ މީހާއާއި އިލްޔާސް 11:30 ގައި ބައްދަލު ކުރި…. ބައްދަލު ކުރީމާ އޭނާ ވިދާޅުވި ރައީސް ނަޝީދު އަވަހާރަށްކޮށްލުމަށް 03 މިލިއަންގެ ޓާސްކެއް ދީފިކަމަށް.. އަދި މި ޓާސްކު މިހާރު ހިނގަމުންދަނީ އެޑްވާންސް ޕޭމަންޓު ދިނުމުގެ ކަންތައްތައް ކަމަށް” އަފީފް

އަފީފް ވިދާޅުވީ އިލްޔާސް މައުލޫމާތު ދިން ގޮތުން މިކަންތައްތައް ކުރުމުގައި، އުޅެނީ ހަރުކަށި ފިކުރުގެ މީހުންގެ ސިކުނޑި ދޮވެލައިގެންނެވެ. އެ ވާހަކަތައް އަޑުއިވުމާއި އެކު ރައީސް ނަޝީދަށް ގުޅައި، އެ މައުލޫމާތު އެމަނިކުފާނުގެ ގެއަށް ގޮސް އެ މައުލޫމާތު ދިންކަމަށް އިލްޔާސް ބުނެފައިވާކަމަށް އަފީފް ވިދާޅުވި އެވެ.

“އަދި ރައީސް ވިދާޅުވީ މި މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާއަށް އެރުވުމަށް… ދެން ހަމަ އެރޭމެ މާރިޔާއަށް ގުޅިކަމަށް. އެހެން ނަމަވެސް މާރިޔާ ފޯނު ނުނަންގަވާކަމަށް… އެއީ ރޯދަ މަސްކަމަށް ވުމުން… ދެން މޭއި 04 ވަނަ ދުވަހުގެ ހެނދުނު 07 ޖެހިއިރު މަރިޔާ ގުޅުއްވާފައި އޮތްކަމާއި…. ގުޅައި އެ މައުލޫމާތު އިލްޔާސް ދެންނެވި…. ދެން މާރިޔާ ދެންނެވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ލެވެލް ހުރީ އެންމެ ހައެސްޓު ލެވެލްގައި ކަމަށް…” އަފީފް

ރައީސް ނަޝީދަށް ދިން ހަމަލާގެ އެއްވެސް އިންޓެލް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަން އެމްއެންޑީއެފްއިން ވެސް ތަކުރާރުކޮށް ބުނީ މިފަދަ އެއްވެސް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އިލްޔާސްގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނީ ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ރިޕޯޓެއްގަ އެވެ. އެ ހަބަރުގައި މާރިޔާއާއި ހަވާލާދީ ވަނީ މެމްބަރު އިލްޔާސް ހަމަލާގެ މައުލޫމާތު މާރިޔާއާއި ހިއްސާ ކުރި ކަމަށެވެ. އެހެންނަމަވެސް، ސީދާ އެ ހަމަލާއާއި ގުޅޭ “ކްރެޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް” އެއް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިކަމަށް ޚަބަރުގައިވެ އެވެ. އެ ސަބަބާއި ހުރެ، ރައީސް ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ފެއިލްވެފައިވާކަމަށް ބުނެ ބޮޑެތި ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

މައްސަލައިގައި ބޭއްވި ޕްރެސްއެއްގައި މާރިޔާ ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގައި ހުރި އެންމެ ތްރެޓްލެވެލް ހައި ބޭފުޅާކަމަށެވެ. އެ ސަބަބާއި ހުރެ އެމަނިކުފާނަށް ފޯރުކޮށްދެނީ ހައި ސެކިއުރިޓީކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 92%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: