ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓަރ ޖެނެރަލަކަށް ނިޔާޒީ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

ކުރިން އެސިސްޓެންޓް އޮޑިޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ނިޔާޒީގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވީ މިދިޔަ ޖޫން 30 ގައެވެ. އެ މައްސަލަ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވުމުން މައްސަލަ ދިރާސާކުރުމަށް އެ ކޮމެޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ނިޔާޒީ އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފައެވެ.

ހުސެއިން ނިޔާޒީ އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައި މިވަނީ، މީގެ ކުރިން އެމަގާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމު ހުސްވެފައިވާތީއެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުން ހަސަން ޒިޔަތު އިސްތިއުފާދެއްވީ، މެއި މަހުގެ 12 ވަނދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: