ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއާއިއެކު އެއްބަސްވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އޮޑިޓް ދާއިރާ ކުރިއެރުވުމަށް އިންޑިއާއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ކޮމްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް އޮފް އިންޑިއާ ގިރީޝް ޗަންދްރާ މުރްމޫއެވެ.

މިއެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އޮޑިޓަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމުތަކާއި، ފަންނީ މައުލޫމާތު ދިނުމުގެ ޕްރޮގުރާމްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތައް ކުރިއަރައިގެން ދާއިރު އޮޑިޓް ދާއިރާ ކުރިއެރުވުން މުހިންމު ކަމަށެވެ. އަދި އިންޑިއާގެ ސީއޭޖީއަކީ ބައިނަލްއަގުވާމީ ގޮތުން ވެސް ތަޖުރިބާ ލިބިފައިވާ ބައެއް ކަމުން މި އެއްބަސްވުމުގެ ދަށުން އެ ތަޖުރިބާގެ ފައިދާ ރާއްޖެ އަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: