ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެސްޓޯރަންޓުތައް ރޭގަނޑު 11:30 އާއި ހަމައަށް ހުޅުވާފައި ބެހެއްޓޭނެ!

ކޮވިޑަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރެސްޓޯރަންޓުތަކަށް ބޮޑެތި ގެއްލުންތައް ވި-- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން މާލޭގެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް، ދިން ލުއިތަކުގެ ތެރޭގައި ރެސްޓޯރަންޓުގެ ޑައިންއިން ހިދުމަތް ދެވޭނެ ގަޑި ރޭގަނޑުގެ 11:30 އާއި ހަމައަށް ހުޅުވާފައި ބެހެއްޓޭގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

މާލޭގެ ކޮވިޑުގެ ހާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަ ކުރިތާ މަހެއް ފަހުން މިއަދު ވަނީ ގިނަ ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ މީހުންނަށް ދޭ ލުއިތައް ވަނީ އިއުލާނުކޮށްފަ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)، އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑުގެ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިވަތު ރޭގަނޑުގެ 08:00 އާއި ހަމައަށް ރެސްޓޯރެންޓުތަކުން ދޭ ޑައިންއިންގެ ހިދުމަތް 11:30 އާއި ހަމައަށް ދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑެލިވަރީގެ ހިދުމަތް މިހާރު ވެސް އޮތް އުސޫލާއި އެއްގޮތަށް ކުރިޔަށް ގެންދެވޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރެސްޓޯރަންޓުތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް، ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރަމުންދޭތޯ އެޗްޕީއޭއިން އިންސްޕެކްޓު ކުރާނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: