ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަލުން ވެރިކަމަށް ގެންނަން ކޮންމެ ގުރުބާނީއެއް ވާން ވެސް ތައްޔާރު: މަލީހު

ރައީސް ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލުން ވެރިކަމަށް ވަޑައިގަންނަވާނެކަމަށް މި ސަރުކާރުން ކޮމިއުނިކޭޝަން މިނިސްޓަރުކަމުން ވަކި ކުރި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ވަޒީރުކަމުން ވަކި ކުރުމުން، ސަރުކާރަށް ވަރަށް ފާޅުގައި ފާޑުކިޔަމުން ގެންދެވި މަލީހު ވަނީ އިދިކޮޅު ޕީޕީއެމަށް ރޭ ސޮއި ކުރައްވާފާ އެވެ. ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

މަލީހު ވިދާޅުވީ އޭނާއަކީ ރައީސް ޔާމީނާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެއީ ވަރުބަލިވާނެ ބޭފުޅެއް ނޫންކަމަށާއި ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ މަސައްކަތަށްފަހު ހަފްތާ ބަންދު ހޭދަ ކުރައްވަނީ ސިޔާސީ މަސައްކަތް ރާވައި، ހިންގުމުގައިކަމަށް މަލީހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ އެހާވެސް ”ވަރުގަދަ“ ވެރިކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ އެއީ މި ރާއްޖެ ދުށް އެންމެ ނާގާބިލު ވެރިޔާ ކަމަށެވެ. އަދި މިއީ ރިޔާސް ގިޔަރުގައި ހިންގަން އުޅޭ ވެރިކަމެއްކަމަށް ވުމުން ދިވެހި ރާއްޖެ ދަނީ ދުވަހުން ދުވަހަށް ފަހަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަލީހު ވިދާޅުވީ ގައުމު ކަޅު އަނދިރިގަނޑެއްގެ ތެރެއަށް ވެއްޓުމަކީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު އެދޭނެ ގޮތެއް ނޫން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގައި އޮތް ހިޔާލުތަފާތުވުންތަކާއި ކޯޅުންތަކަށް އިޝާރާތްކޮށް މަލީހު ވިދާޅުވީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ގޮށްމުށުގެ ބާރު ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް ދެ އެކުވެރިއެއްގެ ކޯޅުމެއްގެ ސަބަބުން، ގައުމު ހުއްޓިފައިވާކަން އެ ބޭފުޅުންނަށް އިހުސާސެއް ވެސް ނުވާކަމަށް މަލީހު ވިދާޅުވި އެވެ. މިފަދަ މަންޒަރުތައް މިއީ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރެއް ނޫންކަން މަލީހު ފާހަގަ ކުރެއްވި އެވެ. މަލީހު މި ކޯޅުންތައް ސިފަ ކުރީ، ”ސިއްކަ“ އާއި ”ސައްތާރުންގެ“ ކޯޅުމުގެ ގޮތުގަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރުވާން ގާތްވީއިރު ވެސް، ރައީސް ޔާމީންގެ ސަރުކާރުން އެއް މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތާއި ގާތް ވެސް ނުވެވޭކަމަށް މަލީހު ވިދާޅުވި އެވެ. ގައުމުގެ މާލީ ހާލަތު ދަށް ވެ، އިގްތިސޯދު ދަށްވަމުންދާއިރު އެ މެނޭޖު ކުރުމުގެ އެއްވެސް ކެޕޭސިޓީއެއް މި ސަރުކާރުގެ އެއް ނެތްކަމަށް މަލީހު ވިދާޅުވި އެވެ. މި ސަރުކާރުން އަމިއްލައިން ފައިނޭންސްކޮށް، ޕްރޮޕޯސްކޮށްގެން ކުރިޔަށް ގެންދާ އެއްވެސް މަޝްރޫއުއެއް ނެތްކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މިއީ ހައްތާވެސް ރައީސް ޔާމީން އަލުން އަނބުރާ ވެރިކަމަށް ގެންނަންޖެހޭ ސަބަބުތަކެއްކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނުކަމާއި މެދު އެއްވެސް ޝައްކެތް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ގެނައުމަށް ވެސް މަސައްކަތް ކުރި މަލީހަކީ، މީގެ ކުރިން ވެސް ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭރު މަލީހު އަދާކުރީ އެމަނިކުފާނުގެ ސަރުކާރުގެ ޔޫތް މިނިސްޓަރެއްގެ މަގާމެވެ.

މަލީހު ޕީޕއެމާއި ގުޅިވަޑައިގެންނެވިއިރު، އޭނާ މިނިސްޓަރު ކަމުން ވަކިކޮށްފައިވަނީ އިދިކޮޅުގެ ވެސް މެމްބަރުންގެ ވޯޓާއި އެކު އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: