ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިބަހުގެ އެކެޑަމީގެ ރައީސަކަށް ޑރ. އަޝްރަފް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިބަހުގެ އެކަޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފު އަބްދުއްރަހީމް އިންތިހާބުކޮށްފި އެވެ.

މީގެކުރިން އެކަޑަމީގެ ރައީސްގެ މަގާމުގައި ހުންނެވީ އަޝްރަފު އަލީ އެވެ. އޭނާގެ ދައުރު ހަމަވެފައިވަނީ މިއަދު އެވެ.

ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ދިވެހިބަހުގެ އެކެޑަމީގައި ހިމެނޭ މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރު މިއަދު ހަމަވުމާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ރައީސް މިއަދު ދިވެހިބަހުގެ އެކެޑަމީއަށް އައްޔަންކުރެއްވި ތިން މެންބަރުންނަކީ ޑރ. އަޝްރަފް އަބްދުއްރަހީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ. ޑައިމަންޑްވެލީ މުހައްމަދު ޝާހިދު ހަލީމެވެ. މި ތިން ބޭފުޅުންގެ ތެރެއިން މުހައްމަދު ޝާހިދު ހަލީމް ކުރިންވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

އެކެޑަމީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުން ދިވެހިބަހުގެ އެކެޑަމީގެ ރައީސްކަމުގެ މަގާމަށް ހޮވިފައިވަނީ ޑރ. އަޝްރަފް އަބްދުއްރަހީމެވެ. އަދި އެކެޑަމީގެ ނައިބަކަށް ހޮވާފައިވަނީ ޒުލްފާ އިބްރާހީމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: