ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަށް ފެނުނު މެންގްރޫވްގެ ބާވަތަށް ކިޔަނީ ކެލަވަކި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އަލަށް ފެނުނު މެންގްރޫވްގެ ބާވަތަށް ދިވެހި ބަހުގެ އެކެޑެމީން ނަމެށް ފާސްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއިން އަލަށް ރިކޯޑު ކުރެވިފައިވާ މެންގްރޫވްގެ ބާވަތަށް ދިވެހި ބަހުގެ އެކެޑަމީއިން ފާސްކޮށްފައިވާ ނަމަކީ ‘ކެލަވަކި’ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މިއަހަރުގެ މާރިޗު މަހު ހއ. ކެލާ ކަނޑޫފާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާރވޭގައި އެރަށުގެ ކުޅީގެ ސަރަޙައްދުން ކަމަށެވެ.

މި ގަހަށް އެ ނަމުން ނަން ދީފައިވަނީ މި ބާވަތުގެ އެހެން ގަސްގަހަށް ދެވިފައިވާ ނަންނަމަށާއި މި ބާވަތް ފުރަތަމަ ފަހަރަށް ޔަގީން ކުރެވުނު ހއ.ކެލާ އަށް ނިސްބަތް ކުރެވޭ ގޮތަށެވެ.

ކެލާގައި ކުރެވުނު ސާވޭއިން މިބާވަތުގެ ހަތަރު ގަހެއް ހުރިކަން ވަނީ ފާހަގަވެފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: