ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތްތައް ދާގޮށް ޝައުނާ ބައްލަވާލައްވައިފި

މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް އާމިނަތު ޝައުނާ ތިލަފުށީ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލައްވައިފިއެވެ.

ޝައުނާގެ އަރިހުގައި މިދަތުރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ ވޭސްޓް ޑިޕާޓްމެންޓްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.

ތިލަފުށީގައި ކުނި މެނޭޖްކުރުމާއި އެކަމުގައި ދިމާވަމުން އަންނަ ދަތިތަކާއި ހުރި ގޮންޖެހުންތަކުގެ މައުލޫމާތު މިނިސްޓަރ ގެ މި ދަތުރުފުޅުގައި އޮޅުންފިލުވައިލެއްވިއެވެ.

ދޭތެރެ ދޭތެރެއިން ތިލަފުއްޓަށް ވަޑައިގެން ކުނި މެނޭޖުކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްތައްް ކުރިއަށްދާ ގޮތް މިނިސްޓަރާއި މިނިސްޓްރީން ގެންދަވަނީ ގާތުން ބައްލަވަމުންނެވެ.

ވެމްކޯ އާއި މިނިސްޓްރީ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މިނިސްޓްރީގެ އަމާޒަކީ ތިލަފުށީގައި ކުނި އެންދުން އެއްކޮށް ހުޓާލުމެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރާއިރު އަމާޒަކީ، އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލުމަށްކަމަށް އެންވައިރޮމެންޓް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ އެވެ.

ތިލަފުށީގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ގާތުން ބައްލަވައި، މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގައި ވެމްކޯއާއި، މިނިސްޓްރީގެ ޓީމުގެ މަސައްކަތްތައް ފާހަގަ ކުރެއްވި އެވެ. ތިލަފުށީގެ ބޮޑެތި ކުނި ފަރުބަދަތައް އެކީ ތިރިވަމުންދާއިރު އެތަނުގައި ހުންނަވާ، ޝައުނާ ވަނީ މިއީ ހިތްހަމަޖެހޭ މަސައްކަތެއްކަން ފާހަގަ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: