ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗްކޮށްފި

އެސްޓީއޯ 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗްކުރުމުގެ ތެރެއިން / އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2022 ވަނަ އަހަރުގެ ކަލަންޑަރު ލޯންޗްކޮށްފިއެވެ.

މި ކަލެންޑަރު ލޯންޗްކޮށްދީފައި ވަނީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ.

އެސްޓީއޯގެ ކަލަނަޑަރު ލޯންޗްކުރުމަށް ބޭއްވި މި ހަފްލާގައި ވާހަކަ ދައްކަމުން އަމްރު ވިދާޅުވީ، ދިވެހި ބަސް ބޭނުން ކުރުމުގައި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބަސްތައް ބޭނުން ކުރާއިރު އެ ގައުމެއްގެ އަދަބީ ބަސްތަކެއް ބޭނުން ކުރުމަކީ ވަރަށް މުހިއްމު އިސްކަމެއްދޭން ޖެހޭޭ ކަމެއް ކަމަށެވެ. މިކަހަލަ ބަސްތަކެއް ގިނަގިނައިން ބޭނުންކޮށް، ދިމާވާ ކަންކަމުގައި އެއިން އިބުރަތް ހާސިލް ކުރުމަކީ ވަރަށް މުހިއްމު ކަމެށް ކަމަށް އަމްރު ވިދާޅުވިއެވެ.

“މިކަމުގެ ތެރޭގައި މިހާ ބޮޑަށް މިކަމަށް އިސްކަމެއް މިދިނީ އެއީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަ ހަރު ބަހާއި މިސާލު ބަހަކީ ވަރަށް ޒަމާނުއްސުރެ އައިސްފައިވާ ބަސްތައް. އެހްންނަމަވެސް އަޅުގަނޑުމެންނާއި އެކީ މިހާރު ވަރަށް ބޮޑަށް ތަފާތުވެއްޖެ. މުޅި ދުނިޔެއައްވެސް ބަދަލުތަކެއް އަތުވެއްޖެ. އައު ހިޔާލުތަސްވެސް އަތުވެއްޖެ. އައު ކަންކަންވެސް އަތުވެއްޖެ” އެމްޑީ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ހަރު ބަހަކީ އަބަދުވެސް އާ ވަމުން އަންނަ އެއްޗެއް ގޮތަށް ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. ބަހަކީ ދިރުން ހުންނަ އެއްޗެއް ކަމަށް ފާހަގަކުރަމުން އަމްރު ވިދާޅުވީ ދިރުން އެބަހަށް އަންނަނީ ގިނަ ބަސްތަކެއް އައިސް ގިނަ ކަންކަމެއް އޭގެތެރޭގައި އެކުލެވި ގިނަ ބައެއްގެ ތަޖުރިބާތަކެއް އެބަހުގެ އެތެރޭގައި އެކުލެވިގެން ކަމަށެވެ.

އައު ހަރުބަހއިާ އައު މިސާލުބަހާއި އައު މަޖާޒީ ބަސްތައް ދިވެހި ބަހުގެ ތެރެއަށް ގެނައުމަކީ ވަރަށް ބޮޑަށް ބާރުއަޅަ ކަމެއް ކަމަށް އެމްޑީ ވިދާޅުވެފައި ވެއެވެ. މީގެއިތުރުނ،ް އެސްޓީއޯގެ މި ކަލަންޑަރު ޑިޒައިންކޮށް ތައްޔާރުކޮށްފައި ވަނީ އެސްޓީއޯގެ ސްޓާފުންނެވެ.

އެސްޓީއޯގެ ކަލަންޑަރުގައިވާ އަދަބީ ބަސްތައް އެކުލަވާލައިގެން ކުޑަކުދިންގެ އަދަބީ ފޮތެއްވެސް ތައްޔާރު ކުރެވިފައިވެއެވެ. މިފޮތް އިފްތިތާޙް ކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަޝްރަފް ވިދާޅުވީ، ދިވެހި އެކަޑެމީގެ ރައީސެއްގެ ހައިސިއްޔަތުން މިކަހަލަ ހަފްލާއަކަށް ވަޑައިގެން ވާހަކަ ދައްކާލަން ލިބުމިކީ ވަރަށް ބޮޑު އުފަލެއް ހާސިލްވެގެންދާ ދުވަހެއް ކަމަށެވެ. އަދި ދިވެހި ބަހުގެ އެކަޑަމީއެއް އުފައްދާއިގެން 25 މެންބަރުން ވެގެން ގާނޫނުގެ ދަށުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ނަމަވެސް ދައުލަތުގެ ކުންފުނި ތަކުންނާއި ދައުލަތުގެ މައައްސަސާ ތަކުން ދިވެހި ބަހަށް ދޭންޖެހޭ ސަމާލުކަން ނުދޭހާ ހިދެއްގައި ދިވެހި ބަސް އެންމެ އެދޭގޮތުގައި ކުރިއަށް ނުދާނެ ކަމަށް ވެސް އަޝްރަފް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން މިހާތަނަށް ގިނަ ކުންފުނިތަކުން އެތަންތާގެ ލިޔެކިޔުންތައް މުއާމަލާތު ކުރުމުގައި އަދިވެސް އިގިރޭސި ބަސް ބޭނުން ކުރާކަން ފާހަގަ ކުރައްވަމުން އަޝްރަފް ވިދާޅުވީ، އެސްޓީއޯއިން އިސްނަގައިގެން ކޮށްފައި މިވަނީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

2022 ވަނަ އަހަރުގެ އެސްޓީއޯ ކަލަންޑަރުގައި އެކުލެވިގެން ވަނީ ވަރަށް ދިވެހި ވަންތަ ތަސައްވުރެކެވެ. މިގޮތުން ކަލަންޑަރުގެ ގަނޑުތަކުން ޚިޔާލީ ދުނިޔެއަކަށް ފީނާލެވޭނެއެވެ. އަދި 2021 ވަނަ އަހަރުގެ ކަލަންޑަރު ހާއްސަކޮށްފައި ވަނީ އެއްގަމާއި ކަނޑުގެ ދިރުން ހިމާޔަތްކުރުމަށެވެ.

ކަލަންޑަރު ލޯންޗްކުރުމުގެ ރަސްމިއްޔާތާއެކު އެސްޓީއޯއިން ވަނީ އެކި އެކި ހަރަކާތްތައް ހިމަނައިގެން ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ. އޭގެ ތެރޭގައި ސްނޭކްސް އެންޑް ލެޑަރސް އާއި ޕެނަލްޓީ ޝޫޓްއައުޓް އާއި ފޭސް ޕެއިންޓިން އާއި ފުޑް ސްޓޯލް ހިމެނެއެވެ. މީގެއިތުރުން، ކުޑަކުދިންގެ މަގްބޫލްކަން ހޯދާފައިވާ ރޮބޯމޭން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ކުޑަކުދިންނާއި އެކީ މަޖާކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: