ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ: އެސްޓީއޯ

އެސްޓީއޯ އިން އެތެރެކުރި ކާޑުގެ ބާވަތްތަކެއް ގުދަންކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ބަހަން އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް ރައީސް ވަނީ ވިދާޅުވެފައެވެ.  އެސްޓީއޯ އިން ބުނެފައިވަނީ ކާޑުގެ ބާވަތްތައް ބެހުމަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން އެކަމަށް އެކަށޭނަ މުދާ މިހާރު އެތެރެކޮށް ގުދަންކޮށްފައިވާއިރު އެ މުދާ ބެހޭނެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފައެވެ.

މުދާ ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިންވަނީ މައުލޫމާތު ދީފައެވެ. އެހެންނަމަވެސް މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުން ކުރިއަކަށް ނުގެންދާނެ ކަމަށާއި ރަށްރަށަށް މުދާ ބަހާނެ ގޮތްތައްވެސް އެސްޓީއޯއިންވަނީ ކަނޑައަޅައިފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާލެ ސިޓީ ކައުންސިލުން ކަމަށްވާއިރު ރަށްރަށުގައި މުދާ ބަހާނީ ރަށު ކައުންސިލުން ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތު ދީފައެވެ. އެހެންކަމުން ރަށްރަށަށް ގެންދާ މުދާ އިއްޔެ ދޯނިތަކަށް ބަރުކުރަން ފަށައިފައިވާކަމަށް އެސްޓީއޯއިންވަނީ މައުލޫމާތު ދީފައެވެ.

އެސްޓީއޯ އިން ބުނެފައިވަނީ މާލެ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. ރޯދަ މަހު މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށް ކަމަށްވެސް ބުންޏެވެ.

މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ ހަތް ތަނަކުން ކަމަށާއި އެއީ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައި އަދި ސޯޝަލް ސެންޓަރުންނާއި، ވިލިމާލޭގެ ބިއްރި މިސްކިތް ހޯލް، ހުޅުމާލެ ފޭސް-1 ގެ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް-2 ގެ ހިޔާ ފްލެޓް ޓަވަރު 10 ޔޫތް ސެންޓަރުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: