ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯ އިން “ހެއްޔާ މަކިޓާ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

ފޮޓޯ: ސަންގު/ ނާފިއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އިން “ހެއްޔާ މަކީޓާ” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަހަރުގެ ޑިސެމްބަރު 3 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި މަކިޓާ ކޮންމެ ޝޯރޫމް އަދި އައުޓްލެޓް ތަކުން 500 ރުފިޔާގެ ކޫޕަނެއް ލިބިވަޑައިގަންނަވާނެ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

“ހެއްޔާ މަކިޓާ” ޕްރޮމޯޝަންގައި އެކި ވަނަތަކަށް ދާ ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ދިނުމަށް އެސްޓީއޯއިން ނިންމާފައެވެ. އެހެންކަމުން  އެއްވަނައަށް ދާ ފަރާތަށް 30،000 ރުފިޔާ، ދެވަނަ އިނާމަކަށް 20،000 ރުފިޔާ އަދި ތިންވަނަ އިނާމަކަށް އެސްޓީއޯގެ ފަރާތުން ވަނީ 10،000 ރުފިޔާ ހުށަހަޅާފައެވެ.

މީގެ އުތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު މަކިޓާގެ ޝޯރޫމްގައި ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 16:00 – 18:00 އަކަށް މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ވެސް ކުރިޔަށް ގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެ ކަމަށް ބުންޏެވެ. އެހެންކަމުން އެ ކޮމްޕެޓިޝަން ތަކުން އެއް ވަނައަށް ދާ ކޮންމެ މީހަކަށްވެސް ހާއްސަ އިނާމުތަކެއް ހުށަހަޅައިފައިވާ ކަމަށް މައުލޫމާތުދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: