ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

20ރއަށް ފިޔާ ކިލޯއެއް ވިއްކުމަށް ޝަރުތުކޮށް، އެސްޓިއޯއިން ފިޔާ ހޯލްސޭލް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، ލިބުން ދަތިވެފައިވާ މައްސަލައަަށް ހައްލެއް ހޯދައިދިނުމަށް އެސްޓީއޯއިން ފިޔާ ޝިޕްމެންޓެއް ރާއްޖެއަށް ގެނެސް ކޮންޓްރޯލްޑް ރޭޓެއްގައި ފިޔާ އެތެރެކޮށް ހޯލްސޭލަރުންނަށް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ އެކުންފުނީގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓު މަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރ މަހާއި ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް 400ރ އަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިފައި ވާކަން ފާހަގަކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800ރ – 900ރ ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ. ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީ ވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވީހިނދު އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާފަދައި އާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް މިހާރުރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ ފިޔާ އެތެރެކުރަން ފަށާފައިވާ ކަމަށް އެސްޓީއޯ އިން ވަނީ މައުލޫމާތު ދީފައެވެ. އަދި ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ އެތެރެކުރެވިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

މިގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީ ވެސް އާންމު ވިޔަފާރިތަކުން ކަމަށާއި ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގައްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހު ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން އިލްތިމާސް ކޮއްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20ރ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯއިން އިމްޕޯޓް ކޮށްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ބާޒާރައް ނެރެފައެވެ. މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުންކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެންދެން އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: