ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްތައް ފަށައިފި

ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށްޓަކައި އެސްޓީއޯއާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި ސޮއިކޮށްފިއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާގޮތުން މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމުކުރުމަށް ވިޓޯލް ގުރޫޕާއިއެކު ސޮއިކޮށްފައިވަނީ މިއަދުކަމަށެވެ. އަދި އެސްޓީއޯގެ ފަރާތުން އެމްޑީ ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، ވިޓޯލްގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ ކަމަށް ބުނެފައިވެއެވެ.

ބަންކަރިންގް ހިދުމަތް ގާއިމުކުރުމަށް ޓާމް ޝީޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އެހެނިހެން ބައެއް އިސް ފަރާތްތައވެސް ބައިވެރިވިއިރު، ގާއިމުކުރުމަށް ކަނޑައެޅިފައިވާ ބަންކަރިންގް ފެސިލިޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި އެއްފަދައިން ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި ރާއްޖޭގެ ނަން ވިދުވާލާނެ މަގުބޫލު ހަބަކަށް ވެގެންދާނެކަމަށެވެ.

ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއި ކުރާ ޓާރމް ޝީޓް އަކީ މޯލްޑިވްސް އެކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ވިޔަފާރި  ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސް ވާ މުއްދަތެއްގައި ފުރިހަމަ ކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާރމް ޝީޓްއެވެ. އެސްޓީއޯއާއި ވިޓޯލްއަކީ ވިޔަފާރީގެގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެކުނުފުންޔެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުން ވިޓޯލް ގުރޫޕަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ ބޮޑު ކުންފުނިކަމަށެވެ. އަދި އެ ކުންފުނީގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނަކަމަށާއި އަހަރަކު 12 މިލިއަން ޓަނުގެ ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން އެއްްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގައި ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަންކަރިންގް ހިދުމަތް ދިނުމަށްޓަކައި ބޭނުންވާނެ ތެޔޮ އިހަވަންދިއްޕޮޅުގައި އޮންނާނެ ބާޖަކަށް ސަޕްލައިކުރުމާއި ރާއްޖެ ބަންކަރިންގް ހަބެއްގެ ގޮތުގައި އިސްތިހާރުކުރުންކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ތަޖުރިބާ އާއި ތެލުގެ ވިޔަފާރީގެ ގުޅުންތަކުގެ ބޭނުން ހިފައި ރާއްޖެ މާކެޓުކުރުމުން  ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށް ލަފާކުރެވޭކަމަށްވެސް ބުނެފައިވެއެވެ. އަދި ފެސިލިޓީ ގާއިމުވުމުން ބޯޓުތަކަށް ބޭނުންވާ ހެވީ ފިއުލް އޮއިލްސް މެރިން ޖޭސް އޮއިލް އަދި ޑިމާންޑު އޮންނަ ނަމަ ލިކުއިފައިޑް ނެޗުރަލް ގޭސްތަކާއި ބަޔޯ ފިއުލްވެސް ވިއްކުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: