ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮފީސްތަކުގެ ވެރިންނަށް ތިބީ ބޭރު މީހުން، މިއީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން: ޑރ. ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިސް އޮފިސް އިދާރާތަކުގެ ވެރިންނަށް ބޭރު މީހުން ތިބުމުން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު މިހެން ވިދާޅުވީ، މީސްމީޑިޔާގައި ގައުމީ އެއާލައިނާއިއެކު ޖޮއިންޓް ވެންޗާ ހަދާނެ ބޭރުގެ ބަޔަކު ހޯދާކަމަށް ދެކެވެމުން ގެންދާ ވާހަކައާއި ގުޅިގެންނެވެ.

މިގޮތުން ރާއްޖޭގެ ޕެންޝަން އޮފީހުގެ ވެރިޔަކަށް ބޭރު މީހެއް ހުންނެވި ކަމަށާއި، ޤައުމީ ބޭންކުގެ ވެރިޔަކަށްވެސް ހުންނެވީ ބޭރުގެ މީހެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ޤައުމީ އެއާޕޯޓްގެ އިތުރުން ޤައުމީ އެއާލައިންނާ ވެސް ބޭރު ބަޔަކު ޙަވާލުވާކަމަށް ވިދާޅުވެ ޝަހީމް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ހައްގު މިންވަރަކީ އެއީތޯ ސުވާލުކުރައްވާފައެވެ.

ރާއްޖެއަކީ ޢިލްމީ ތަޖުރިބާހުރި ޤާބިލް ދަރީން ތިބި ޤައުމެއްކަމަށް ޝަހީމް ފާހަގަކުރައްވާފައިވާއިރު، މިޤައުމު ތަރައްޤީކުރުމުގެ ޤާބިލްކަން ދިވެހިންގެ ސިކުނޑީގައި ހުންނާނެކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ބޮޑެތި ކުންފުނިތަކުގެ ތެރެއިން މަތީ ފެންވަރުގެ ވަޒީފާތަކުގައި ގިނައިން ބޭރުމީހުން ތިބުމާއި ގުޅިގެން، މިދިޔަ އަހަރު ރައްޔިތުން މަޖިލީހުން ފާސްކުރި އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ވަނީ އެފަދަ މަގާމުތަކަށް ސިވިލް ސާވިސް ކޮމިޝަނުން ދިވެހިން އައްޔަން ކުރުމަށް ފުރުސަތު ހޯދައިދިނުމަށް ހުށަހަޅާފައެވެ. އަދި އެމަގާމުތަކަށް ބޭރު މީހުންގެ ދަށުން ދިވެހިން ތަމްރީނުކުރުމާއި، މަތީ ވަޒީފާތަކަށް ފުރުސަތު ހޯދައި ދިނުމަށްވެސް އެރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: