ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހޭ އާބާދީގެ 71 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަކޮށްފި

ރާއްޖޭގައި ވެކްސިން އާއި ދެކޮޅަށް މަސައްކަތް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ރާއްޖޭގެ އާބާދީގެ 71 ޕަސެންޓް މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގެ ތެރެއިން، އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 82 ޕަސެންޓް މީހުންގެ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އެ އުމުރުފުރާގެ ތެރެއިން ޝަރުތު ހަމަވާ 71 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާދަމާ ރާއްޖޭގެ އާބާދީގެ ތެރެއިން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ 12 އަަހަރާއި، 17 އަހަރާއި ދެމެދު ކުދިންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލާއިރު، ގައުމީ ކަމެއް ގޮތުގައި ދެކި ވީހާވެސް ގިނަ ބަޔަކު ވެކްސިިން ޖެހުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެ ގެނެސްފައެވެ.

ފައިޒާ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ ފަސް ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗްޕިއޭ އިން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: