ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައި ބިދޭސީންތަކެއް މަގުމަތި ކުރި މައްސަލައެއް ފެންމަތިވެއްޖެ

ބިދޭސީންތަކެއް މަގުމަތިވެފައި— ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީންތަކެއް ރާއްޖެ ގެނެސް މަގުމަތި ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ހެންވޭރުގައި ހުންނަ ގެސްޓްހައުސެއް ކައިރީގައި ފޮށިތަންމައްޗާއެކު ބިދޭސީންތަކެއް މަގުމަތީގަައި ތިބުމުން އެކަން އިމިގްރޭޝަނާއި ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

ފުލުހުން ބުނީ އެފަދަ ޝަކުވާއެއް ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ކަމާގުޅޭ އެހެން އިދާރާތަކާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އެ އިދާރާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހުންނަކީ ޕާކިސްތާނު ބަޔެކެވެ. އަދި އެމީހުން އައީ ހޮޓަލަކަށް ފައިސާ ދައްކާފައި ކަމަށާއި ނަމަވެސް ރާއްޖެ އައުމުން އެމީހުންނާ ހަވާލުވި އެޖެންޓު އެމީހުން އެތަނަށް ބޭލުމަށް ފަހު ވަންނާނެ ތަނެއް ނުދައްކައި ފިލީ ކަމަށް އޭނާ ބުންޏެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: