ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި

ކަސްޓަމްސްއިން ގިނަ އަދަދެއްގެ ބަނގުރާ، ބަނގުއާވި އަދި އޫރުމަސް ނައްތާލަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

މިގޮތުން ކަސްޓަމްސް އިން ނައްތާލި ތަކެތީގެ ތެރޭގައި ބަނގުރަލާއި ބަނގުއާވި އަދި އޫރުމަސް ހިމެނެއެވެ. އަދި ނައްތާލާފައިވަނީ 489.16 ލީޓަރުގެ ބަނގުރަލާއި، 9922.11 ލީޓަރުގެ ބަނގުއާވި، އަދި 1264.68 ކިލޯގްރާމްގެ އޫރުމަހެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސްއިން ބުނީ މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނައްތާލެވުނު ތަކެތިކަމަށެވެ. އަދި މި ތަކެތި ނައްތާލެވުނީ މުއްދަތު ހަމަވުމުން ނުވަތަ މިނޫންކަމަކާއި ގުޅިގެން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުންކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

ހަމައެހެންމެ އެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވޭނެކަމަށްވެސް ކަސްޓަމްސްގެ އާންމު ގަވާއިދުގައި އެއިދާރާއިން ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: