ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ދިރިއުޅުއްވާ މުލިއާގެ ގޮއްވާލާނެ ކަމަށްބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނުމުން ބަންދު ކޮށްފައި ހުރި މީހާ ދޫކޮށްލީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

އެމީހާގެ ބަންދު މުއްދަތު މީގެ ކުރިން ތިން ފަހަރު ޖެހިއިރު، ފުލުހުން އޭނާ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

މުލިއާގެ ކައިރިއަށްގޮސް މުލިއާގެ ގޮއްވާލާނެކަމަށް ބުނި މައްސަލައިގައި އެ މީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 9 ވަނަ ދުވަހުއެވެ. މުލިއާގެ ކައިރިއަށް ދިޔަ ދެމީހަކު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާ ގުޅިގެން ދެމީހަކު ފުލުހުންގެ ހައްޔަރަށް ގެނައިރު އޭގެން އެކަކު ފުލުހުން ވަނީ ދޫކޮށްލާފައެވެ. ހައްޔަރުގައި ބެހެއްޓީ ބޮން އޮތްކަމަށް ބުނި މީހާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: