ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޅައިމަގުގައި ކުޑަކުއްޖަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 3 މީހުން ބަންދަށް 15 ދުވަސް

ޝަހީދު ހުސައިން އާދަމް ބިލްޑިންގް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އެ މައްސަލައިގައި ޅައިމަގުން ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

ފުލުހުންގެ މިއަދު ބުނީ މި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން ށ. ފީވަކުގެ މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ހާޒިރު ކުރި ކަމަށެވެ. އަދި ކޯޓުން ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ދިން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޅައިމަގުގައި ރަހީނުކުރި 17 ކުއްޖާ ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތުގައި އަތާފައި ބަނދެފައި އޮށްވައެވެ. އަދި އޭނާއަށް އަނިޔާކޮށްފައި ހުރި ނިޝާންތައްވެސް ހުއްޓެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: