ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމް ކިޔަވައިދޭން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް: އެޑިއުކޭޝަން

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް މާއްދާ ކިޔަވައިދޭން ރާއްޖެއިން ބޭރުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ރިކޮމެންޑޭޝަންތަކާ ގުޅޭގޮތުން މިމަހުގެ 26 ވަނަ ދުވަހު މޭ ހައެއް ކޮމެޓީއާއެކު މަޝްވަރާ ކުރި ކަމަށެވެ.

މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކުގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައި ދިނުމާ ގުޅޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މިނިސްޓްރީއިން ބުނީ އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރު ކޮށްފައި ވަނީ ދިވެހި ބަހުން ކަމަށްވެފައި، އެ މާއްދާ ކިޔަވައި ދޭނެ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ނަމަވެސް އިސްލާމް މާއްދާގެ މުގައްރަރު ތައްޔާރުކުރެވިފައިވަނީ ދިވެހި ބަހުން ކަމަށްވެފައި، އެ މާއްދާ ކިޔަވައިދިނުމަށް ތަމްރީނު ކުރެވިފައިވާ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ރާއްޖޭގައި ތިބުމުން އެ މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ވިސްނާފައި ނުވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

“އަދި އިސްލާމް ކިޔަވައިދިނުމަށް ބޭރު ގައުމުތަކުން ޓީޗަރުން ގެނައުމުގެ ވިސްނުމެއް ވެސް، މި މިނިސްޓްރީގެ ނެތް ކަމުގައި ދެންނެވީމެވެ” އެ ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: